-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ފޮރިން މިނިސްޓްރީ
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަ އެޓް ލާޖްގެ މަޤާމަށް ބޭފުޅުން ޢައްޔަނުކުރައްވަނީ ހުސްވެފައިވާ ސަފީރުންގެ މަޤާމުތަކަށް ޢައްޔަނުކުރެއްވުމަށް ކަނޑައެޅިފައިވާ ބޭފުޅުން ކަމަށާއި، އެއީ އަލަށް އުފައްދަވާ މަޤާމުތަކެއް ނޫންކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ނެރުއްވި ނޫސްބަޔާނެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްކަމުގެ މަޤާމަށް ދާދިފަހުން ތިން ބޭފުޅަކު ޢައްޔަނު ކުރައްވާފައެވެ. އެ ބޭފުޅުންނަކީ އަލްފާޟިލް އާދަމް ޝަރީފު ޢުމަރާއި، އަލްފާޟިލް ޠާރިޤު އިބްރާހީމް އަދި އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދުއެވެ.
ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަންގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ބައެއް މީޑިއާތަކަށް މިކަން ސާފުވެފައި ނުވާތީ ހުރިހާ ފަރާތްތަކެއްގެ މަޢުލޫމާތަށްޓަކައި މި ވާހަކަ ދަންނަވާލީ ކަމަށެވެ.
"އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް ޢައްޔަނު ކުރެވެނީ ހުސްވެފައިވާ ސަފީރުންގެ މަޤާމުތަކަށް ޢައްޔަނު ކުރެއްވުމަށް ކަނޑައެޅިފައިވާ ބޭފުޅުންނެވެ. އެއީ އަލަށް އުފައްދަވާ މަޤާމުތަކެއް ނޫނެވެ،" ބަޔާނުގައި ބުނެފައިވެއެވެ.

3 މަސް ކުރިން
-3c59b350.png)
3 މަސް ކުރިން
-02de7158.png)
3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

6 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން