-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ފޮރިން މިނިސްޓްރީ
ޚާރިޖީ ސިޔާސަތާއި، ސަރަހައްދީ ސަލާމަތާއި، ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭގޮތުން ހާއްސަކޮށް ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ދައްކަވާ ވާހަކަތަކަކީ އޭގެ ސަބަބުން ބޮޑެތި ނަތީޖާތަކެއް ނުކުމެދާނެ ކަންކަން ކަމަށް ބުނެ، އެފަދަ ކަންކަމުގައި ސަމާލުވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު އިލްތިމާސްކޮށްފިއެވެ.
އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެފަދަ ވާހަކަތަކަކީ މައުލޫމާތުގެ މައްޗަށް ބިނާވެފައިވާ، ގައުމީ އެއްބައިވަންތަކަމާއި ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ބޮޑުވާނެ ފަދަ ވާހަކަތަކަށް ވާންޖެހޭނެ ކަމަށެވެ. އެހެންކަމުން، ގައުމުގެ މަސްލަހަތާއި ބޭރު ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް އަސަރުކުރާނެ ފަދަ މައުލޫމާތުތައް ހިއްސާކުރެއްވުމުގައި އެންމެ މަތީ ދަރަޖައިގެ ފަރުވާތެރިކަމާއި ބުއްދިވެރިކަން ބޭނުންކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ މިނިވަން، މުސްތަގިއްލު އަދި ޒިންމާދާރު "މޯލްޑިވްސް ފަސްޓް" ނުވަތަ ދިވެހި ގައުމަށް އިސްކަންދޭ ހާރިޖީ ސިޔާސަތެއް ކުރިއެރުވުމަށް ކަމަށެވެ. މި ސިޔާސަތުގެ މައިގަނޑު ބޭނުމަކީ ގައުމުގެ ސިޔާދަތީ މިނިވަންކަން ހިމާޔަތްކުރުމާއި، ގައުމީ މަސްލަހަތު ދެމެހެއްޓުމާއި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުން ކަމަށްވެސް ބުނެފައިވެއެވެ.
އަދި ސަރުކާރުގެ އަމާޒަކީ ދިވެހި ރައްޔިތުންގެ ގަދަރާއި، އިއްޒަތާއި، ދިގުމުއްދަތުގެ މަސްލަހަތުތައް ރައްކާތެރިކޮށްދޭނެ ފަދަ ހާރިޖީ ސިޔާސަތެއް ކުރިއަށް ގެންދިއުމެވެ.
މީގެ އިތުރުން، ދުނިޔޭގެ ހުރިހާ ގައުމުތަކަކާއެކު ވެސް ދޭދޭ އިހުތިރާމާއި އެކުވެރިކަމުގެ ގުޅުން ބޭއްވުމަށް ރާއްޖެއިން ހާއްސަ އިސްކަމެއް ދޭކަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ހާއްސަކޮށް ރާއްޖޭގެ ތަރައްގީގެ ބައިވެރިންނާ އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް، ސަރަހައްދީ ސަލާމަތާއި، ކަނޑުފަޅުގެ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީ ފަދަ ކަންކަމުގައި އެއްބަސްވާ ގައުމުތަކާއެކު ބިނާކުރަނިވި ގޮތެއްގައި މަސައްކަތް ކުރުމަށް ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.

3 މަސް ކުރިން
-3c59b350.png)
3 މަސް ކުރިން
-02de7158.png)
3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން