-8402fff9.png)
އައިޝަތު ހިދާޔާ

ތިން ދުވަސްތެރޭ 1260 ޓަނުގެ ކުނި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން އުދަރެސް ސަރަހައްދުން ނަގައި, އެ ސަރަހައްދު ސާފުކޮށްފިއެވެ.
ކާޑުބޯޑު ފަދަ ގިނަ އަދަދެއްގެ ކުނި އެ ސަރަހައްދުގައި އޮންނަ ހުސް ބިމަށް އަޅައި އެތަން ވަނީ "ނުކި ގޮނޑަކަށް" ބަދަލުވެފައެވެ. އެހެންކަމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އަދި ފުލުހުންނާއި ވެމްކޯ ގުޅިގެން ވަނީ އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތެއް ފެށިއެވެ.
އެޗްޑީސީން ބުނީ ތިން ދުވަހުގެ މަސައްކަތުން އެ ސަރަހައްދު މިހާރު އެކީ ސާފުކޮށް ހުރިހާ ކުންޏެއް ނަގާފައި ވާކަމަށެވެ.
"މި ސާފުކަން ދެމެހެއްޓުމުގައި އެންމެންގެ އެއްބާރުލުން ބޭނުން." އެޗްޑީސީން ހިއްސާކުރި ޕޯސްޓެއްގައި ވެއެވެ.
"މަދިރިން ރައްކާ"ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތުގައި މިދިޔަ ހޮނިހިރު ދުވަހު އެކަނި ވެސް އެސަރަހައްދުން 670 ޓަނުގެ ކުނި ނަގާފައި ވާކަން އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.
އެޗްޑީސީގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންގެ ހެޑް މަލްޝާ ޝަރީފް މީގެކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ 670 ޓަނުގެ ކުނި އެއް ދުވަހުން ނެގިފައި ވާއިރު, އެއްދުވަހުން އެ ސަރަހައްދު ސާފުކޮށް ނުނިމޭ ކަމަށެވެ.
އެ ޕޯސްޓުގައި ވާގޮތުން 670 ޓަނުގެ ކުންޏަކީ, 450 ކާރުގެ ބަރުދަނެވެ. އޭނާ ވަނީ މި ސަރަހައްދު ސާފު ކުރުމުގެ މަަސައްކަތުގައި ބައިވެރިވި އެންމެންނަށް ޝުކުރު އަދާކުރައްވާފައެވެ.
"މަދިރިން ރައްކާ" ޕްރޮގްރާމުގެ ދަށުން މި ސަރަހައްދު ސާފުކުރުމުގެ އިތުރުން ފޮގް ކުރަން ވަނީ ހަމަޖެހިފައެވެ. އަދި ސާފު ކުރުމުގެ ހަރަކާތްތައް ކޮންމެ ހޮނިހިރު ދުވަހަކު ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.

27 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-1b57f26b.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-9933aaea.jpg)
3 މަސް ކުރިން
3 މަސް ކުރިން

4 މަސް ކުރިން
-d07ef93c.jpg)
4 މަސް ކުރިން

4 މަސް ކުރިން