-8402fff9.png)

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ނޫން ކަމަށާއި، އެއީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ނިންމެވި ނިންމެވުމެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ތަރުޖަމާނު މުންދު ވިދާޅުވީ، ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި ޒަމީރު އިސްތިއުފާ ދެއްވީ ރައީސް މުއިއްޒު އަންގަވައިގެން ކަމަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުވެސް ޒަމީރުގެ ސިއްހީ ހާލުކޮޅު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދީފައިވާކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި އޭރުވެސް މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސްގެ އަރިހުގައި ޒަމީރު އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެ ވަގުތު މަޑުކުރެއްވީ ގައުމުގެ މާލީ ހާލަތު ހުރި ގޮތުން ގިނަ މަސައްކަތްތަކެއް ކުރަން ހުރުމުން ކަމަށް މުންދު ވިދާޅުވިއެވެ. ޒަމީރަކީ މި ސަރުކާރުގެ އެންމެ ފުރަތަމަ ފޮރިން މިނިސްޓަރެވެ.
ޒަމީރުގެ ވަޒީރުކަމުގެ ދަށުން މިއަހަރު ސަރުކާރުން ވަނީ މާލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަންޏާއި، އިންޑިއާގެ މަރުކަޒީ ބޭންކުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ އިތުރުން 500 މިލިއަން ޑޮލަރުގެ ސްކޫކް ދައްކައި ޚަލާސްކުރުން ހިމެނެއެވެ. މި ދަރަނިތައް ދެއްކުމާ ގުޅިގެން، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗުން ވަނީ ރާއްޖޭގެ ރޭޓިން މަތިކޮށްފައެވެ.

4 މަސް ކުރިން

4 މަސް ކުރިން
-6e82548d.jpg)
5 މަސް ކުރިން

5 މަސް ކުރިން
5 މަސް ކުރިން
-16208035.jpg)
6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން