-8402fff9.png)
ސައިފުﷲ އަލީ

މިނިސްޓަރުންގެ ފޯރަމުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވާހަކަދައްކަވަނީ ---
މިދިޔަ ސަރުކާރު ނިމުނު އިރު މިނިސްޓްރީތަކުގައި ބޮޑެތި އަދަދުތަކުގެ ދަރަނި ހުރި ކަމަށް މި ސަރުކާރުގެ މިނިސްޓަރުން ވިދާޅުވެއްޖެއެވެ.
މިނިސްޓަރުންނާ އާންމުންނަށް ސުވާލުކުރެވޭ ގޮތަށް ހުޅުވާލައިގެން ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ މަނިކުފާނު މިނިސްޓްރީއާ ހަވާލުވިއިރު 27 މިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކަމަށެވެ.
އެކަމުގެ ސަބަބުން ރަށްރަށުގައި އެ މިނިސްޓްރީން ހިންގަމުން ދިޔަ މިސްކިތްތަކުގެ ބައެއް މަޝްރޫއުތައް ވެސް މަޑުޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ ދަރަނި މިހާރު ޚަލާސްކޮށްފައިވާ ކަމަށެވެ. އެއާ އެކު މަޝްރޫއުތައް ވެސް ވަރަށް އަވަހަށް ހިނގައިގަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވެސް ވަނީ އެ މިނިސްޓްރީގެ ދަރަންޏާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު ފެށުނު އިރު އެ މިނިސްޓްރީގައި 160 މިލިއަން ރުފިޔާގެ ދަރަންޏެއް އޮތެވެ.
ނަމަވެސް މިިހާރު އޭގެ ތެރެއިން 125 މިލިއަން އަނބުރާދައްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ މިނިސްޓްރީތަކާއި، ކުންފުނިތަކުގެ މަސައްކަތްތަކަށް ފައިސާ ނުލިބޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އެކަމާހުރެ، ކޮންސްޓްރަކްޝަން ސިނާއަތުގައި މަސައްކަތް ކުރާ ގިނަ ވިޔަފާރިތަކުން ކަންބޮޑުވުން ވެސް ފާޅުކުރެއެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން
-b050656d.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން
-a5a9ecd5.png)
ގާތްގަނޑަކަށް 2 މަސް ކުރިން
-a463967f.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން