-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި ސިފައިންގެ އޮފިސަރެއްގެ ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
އެ އޮފިސަރަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަން "ނުކުތާ"އަށް ވަނީ ކަށަވަރުވެފައެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި ނިޔާވެފައިވަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ އެވެ.
އެމްއެންޑީއެފް އިން މިއަދު މީގެ ކުރިން ބުނެފައިވަނީ، މި އޮޕަރޭޝަނުގައި ހަރަކާތްތެރިވި އޮފިސަރުގެ ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށެވެ. ވ. އަތޮޅު ކައިރިން ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވީ ނަމަވެސް، ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް ސިފައިން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.
ސިފައިން ލަފާކުރާ ގޮތުގައި ގެއްލިގެން ހޯދަމުންދާ ހަތަރު މީހުން ތިބީ ގާތްގަނޑަކަށް 200 ފޫޓު ދިގު ހޮހަޅައެއްގެ ތެރޭގައެވެ. މިއީ ވަރަށް ބޮޑު ނުރައްކަލެއް އޮތް "ހައި ރިސްކު" އޮޕަރޭޝަނެއްގެ ގޮތުގައި އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ.
ދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސިފައިން ހިންގަމުންދާ މި ރެސްކިއު އޮޕަރޭޝަނަކީ ކަނޑުގެ އަޑީގެ ހާލަތު ހުރިގޮތުންނާއި ފުންމިނުގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އޮޕަރޭޝަނެކެވެ. މި ނުރައްކާތެރި މަސައްކަތުގެ ތެރެއިން ސިފައިންގެ އޮފިސަރަކު ނިޔާވުމަކީ މި ހާދިސާއަށް ލިބުނު އިތުރު ހިތާމައެކެވެ.

22 ދުވަސް ކުރިން
-20600e4e.jpg)
24 ދުވަސް ކުރިން
-ccce5dd5.png)
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން