-8402fff9.png)
އައިޝަތު ހިދާޔާ

ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏަކުން ގެއްލުނު މީހަކު އެރަށު ގޮނޑުދޮށަށް ލައްގާފައި އޮއްވައި ފެނިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ, މި މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 04:05 ހާއިރު ކަމަށެވެ. ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ މީހާ ހޯދުމުގެ މަސައްކަތް ފެށިކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ އިދާރާއިން ބުނީ, ގެއްލުނު މީހާ ފެނިފައިވަނީ މިއަދު ހެނދުނު 05:55 ހާއިރު، ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވާ، ހޯދުމުގެ މަސައްކަތުގައި އެހީތެރިވަމުންދިޔަ ޑިންގީއަކަށް ކަމަށެވެ. އޭނާއަށް އަވަސް ސިއްހީ ފަރުވާ ދިނުމަށް ޓަކައި 05:59 ހާއިރު، ހދ. ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައި ވާކަމަށާއި ފަރުވާ ދިނުމަށްފަހު އޭނަގެ ހާލު ރަނގަޅު ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ އެމްްއެންޑީއެފުން ބުންޏެވެ.
މީގެކުރިން ކަނޑުމަތީގައި ހިނގާފައިވާ ނުރައްކާތެރި ހާދިސާތަކުގައި މީހުންގެ ފުރާނަ ވެސް ގެއްލިފައި ވެއެވެ.

22 ދުވަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

8 މަސް ކުރިން

12 މަސް ކުރިން