-8402fff9.png)
ސައިފުﷲ އަލީ

އިންޑިއާގެ ޓްރިވެންޑްރަމްގައި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަނީ ރ. މީދޫ، އަތަމާގެ، ޢަލީ އިބްރާހީމް (އައްޔާބެ) އެވެ.
އާއިލާއިން މައުލޫމާތު ދޭ ގޮތުގައި ޢަލީ އިބްރާހީމް އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ޕާޕަލް (ދަމްފުލު) ކުލައިގެ ޓީޝާޓަކާއި މަޑު ނޫކުލައިގެ މުންޑެކެވެ.
މިއަދު ހެނދުނު 05:30 އިން ފެށިގެން ގެއްލިގެން ހޯދަން ފަށާފައިވާ ކަމަށް އާއިލާއިން ބުންޏެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ނުވަތަ ފެނިއްޖެނަމަ، ލަސްނުކޮށް އާއިލާއަށް އެންގުމަށް ވަނީ އެދިފައެވެ. އެގޮތުން ވާޓްސްއަޕް ނުވަތަ ވައިބާ މެދުވެރިކޮށް 9129561 ނަންބަރަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް އާއިލާއިން އެދެއެވެ.
ޢަލީ އިބްރާހީމް އަވަހަށް އަދި ސަލާމަތްތެރިކަމާއެކު ހޯދުމަށްޓަކައި މި މައުލޫމާތު ވީހާވެސް ގިނަ ފަރާތްތަކާ ހިއްސާކޮށްދިނުމަށް އާއިލާއިން ވަނީ އެދިފައެވެ. ޓްރިވެންޑްރަމަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް އާންމުކޮށް ގޮސް އުޅޭ ސިޓީއެކެވެ.

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

8 މަސް ކުރިން

12 މަސް ކުރިން