-8402fff9.png)
ސައިފުﷲ އަލީ
-20600e4e.jpg)
ސިފައިންގެ ޚިދުމަތުގެ މުއްދަތުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްޤީކޮށް، ގިނަ އެޕާޓްމަންޓްތަކެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މިއީ ސިފައިންނަށް ދެވޭ އިނާޔަތްތަކާއި ފޯރުކޮށްދޭ ވެލްފެއާގެ ޚިދުމަތްތައް ރަނގަޅުކޮށް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސަމާލުކަމުގެ ދަށުން، އެ ވުޒާރާއާއި އެމްއެންޑީއެފްއިން އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ސިފައިންގެ ޚިދުމަތް ފުޅާވެ، އެ ޚިދުމަތާ ގުޅޭ ސިފައިންގެ އަދަދު އިތުރުވަމުންދާތީ، ސިފައިންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް މަޝްރޫޢެއް ހިންގަވާނެ ކަން މިއަހަރުގެ ސިފައިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާން ކުރައްވާފައެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ބަނޑޭރިކޮށި ހުސްކުރަންޖެހޭތީ، އެ ތަނުގައި މިހާރު ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާނެ ދަތިތައް ވީހާވެސް ކުޑަކުރުމަށްޓަކައި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ބަނޑޭރިކޮށި 1 ތަރައްޤީ ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއާއި އެމްއެންޑީއެފްގެ ފަރާތުން މިހާރު ދަނީ ވަމުންނެވެ.
ބަނޑޭރިކޮށި 1 އިން ސިފައިންނަށާއި ފުލުހުންނަށް ވަގުތީގޮތުން ދިރިއުޅުމަށް ދޫކޮށްފައިވާ އެޕާޓްމެންޓްތައް ހުސްކުރުމުގެ ކުރިން، މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތުގެ މަޢުލޫމާތު އެ ފަރާތްތަކާ ހިއްސާކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި އެ ތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހައި، އެ ކަންކަމަށް ޙައްލުތައް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށް އެ ވުޒާރާއިން މީޑިއާއާ ހިއްސާކުރި މަޢުލޫމާތުގައިވެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ބަނޑޭރިކޮށި 1 ތަރައްޤީކުރެވުމާއެކު، މިހާރު ބަނޑޭރިކޮށި 1 ގައި ދިރިއުޅެމުންދާ ފަރާތްތައް އަލަށް ތަރައްޤީކުރެވޭ އެޕާޓްމެންޓްތަކަށް ބަދަލުކުރާ ގޮތަށެވެ. މި މަޝްރޫޢު ނިމޭއިރު، މިހާރު ބަނޑޭރިކޮށީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިތުރުން ޚިދުމަތުގައި ތިބި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ 2040 ވަނަ އަހަރު އަންނައިރު، ސިފައިންނަކީ ވަޞީލަތްތައް ފުރިހަމަވެފައިވާ ތަރައްޤީވެފައިވާ ޤައުމުތަކުގައި ސިފައިންގެ ޚިދުމަތް ދެވޭ ފެންވަރަށް ރައްޔިތުންނަށް ސިފައިން ދޭ ޚިދުމަތްތައް ފޯރުކޮށްދެއްވުމެވެ.
-ccce5dd5.png)
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން
-d60fd8ca.jpg)
5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން