-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު އަތޮޅު ކައުންސިލްތައް އުވުމުން، ކޮންމެ އަތޮޅަކަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އަތޮޅު އޮފީހެއް ގާއިމްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މި ބަދަލަކީ ލާމަރުކަޒީ ނިޒާމަށް ގެނެވުނު އިސްލާހީ ބަދަލުތަކުގެ ތެރެއިން އަތޮޅު ފެންވަރުގައި ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އެޅުނު ފިޔަވަޅެކެވެ.
އަތޮޅު ކައުންސިލްތައް އުވުމާ އެކު އެ ތަންތަނަށް ކިޔާނެ ނަމާއި، އެ ކައުންސިލްތަކުގައި ތިބި މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އިއްޔެ އެލްޖީއޭއަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ހިދުމަތްތައް އިދާރީ ދާއިރާތަކުގައި ދިނުމަށް ގާއިމްކުރާ އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ގާއިމްކުރާ ތަންތަނަށް ނުވާތީ، އެ ތަންތަނަށް ވަކި ހާއްސަ ނަމެއް ހަމަޖެއްސުމުގެ ބަދަލުގައި ބޭނުންކުރާނެ ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ލަފާދެއްވާފައިވާ ކަމަށެވެ.
އަތޮޅު ކައުންސިލްތަކުގެ ދައުރު މިއަދަށް ހަމަވެ، އެ ކައުންސިލްތައް މިހާރު ވަނީ ރަސްމީކޮށް އުވިފައެވެ. މި ބަދަލާ ގުޅިގެން އެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަން ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ހަމަޖެއްސުމަށް ވެސް ރައީސް ވަނީ އަންގަވާފައެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން މިދިޔަ އަހަރު ގެނައި އިސްލާހާ އެކު، އަތޮޅު ކައުންސިލަރުންގެ ދައުރު މިއަދަށް ހަމަވުމުން އަތޮޅު ކައުންސިލްތައް އުވިގެންދިޔައިރު، މި އިސްލާހުގެ ދަށުން ސިޓީތަކާއި ރަށްރަށުގެ ކައުންސިލަރުންގެ އަދަދު ވެސް ވަނީ މަދުކޮށްފައެވެ. މިއަދަކީ ކައުންސިލްތަކަށް އަލަށް ހޮވުނު ކައުންސިލަރުން މަގާމުގެ ހުވާކުރި ދުވަސް ވެސް މެއެވެ.

20 ދުވަސް ކުރިން
-c1f79658.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން
-61be376e.jpg)
5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން
-7826e573.jpg)
1 އަހަރަށްވުރެ ގިނަ ކުރިން