-8402fff9.png)

ޢާލިމް އަބްދުއްލަތީފް
-7826e573.jpg)
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ޑެޕިޔުޓީ މޭޔަރު ނަސްރުﷲ އަލީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑުކޮށްފިއެވެ.
އެލްޖީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ މޭޔަރު ސައުދު ސަސްޕެންޑުކުރީ ދެ މަސް ދުވަހަށް ކަމަށެވެ. އަދި ޑެޕިޔުޓީ މޭޔަރު ނަސްރުﷲ ސަސްޕެންޑު ކުރީ އެއް މަސް ދުވަހަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެލްޖީއޭއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކުރި ތަހުގީގުން ގިނަ ކަންތައްތަކެއް ހާމަވެފައިވާ ކަމަށެވެ. އެގޮތުން ކައުންސިލަރު އައިޝަތު ލިއުޝާ ޒުބައިރު ފިޔަވައި އެހެން ހުރިހާ ކައުންސިލަރުން، ސިޓީ ކައުންސިލަކަށް ބަދަލުވުމުގެ ކުރިން ސިޓީ ކައުންސިލް މެންބަރުންގެ މުސާރަ ނަނާގަފައިވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އެހެންކަމުން އެ ފައިސާ އަނބުރާ ދައުލަތަށް ދެއްކުމަށް އެ އޮތޮރިޓީން ވަނީ އެ އެންމެނަށް އަންގާފައެވެ.
އެ މައްސަލައިގެ ތަހުގީގުން ހާމަވެފައިވާ ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން، ކައުންސިލަށް ފޮނުވާ ސިޓީތަކަށް ޖަވާބުނުދީ ފޮނުވާލާކަން ފާހަގަކުރެވެއެވެ.
ތިނަދޫއިން އެހެން ރަށްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް ހުށަހެޅުމުން 5،000ރ. ގެ ފީއެއް ނުނެގުމަށް އެލްޖީއޭ އިން އެންގުމުން ވެސް އެކަމަށް އަމަލުނުކުރާ ކަމަށް ވެސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ކައުންސިލުގެ ބިޑު ކޮމިޓީ އާއި ބިޑު އިވެލިއުޝަން ކޮމިޓީއަށް އެލަވަންސް ދޭ ކަން ވެސް ތަހުގީގުން ވަނީ ހާމަވެފައެވެ.
އަތޮޅު ކައުންސިލާއި ދައުލަތުގެ އެހެން އިދާރާތަކުން ކައުންސިލުން ހޯދުމަށް އެދޭ މައުލޫމާތު ނުފޮނުވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން ތިނަދޫ ކައުންސިލުން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ވެސް އެ ތަހުގީގުން ވަނީ ހާމަވެފައެވެ.
އެގޮތުން ކައުންސިލުން އިއުލާނުކޮށްގެން ހަދާފައިވާ މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ މޭޔަރު ސައުދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
ވޭޖް އުސޫލުން އިއުލާން ކުރުމެއް ނެތި، ކައުންސިލަށް މުވައްޒަފުން ނެގުމާއި މާލިއްޔަތު ގާނޫނާ ޚިލާފަށް ކައުންސިލުން ހިންގާ ޕްރޮކިއުމަންޓްތައް ބައިބަޔަށް ބަހާލައިގެން ކުރިއަށް ގެންދާކަން ވެސް އެލްޖީއޭގެ ތަހުގީގުން ވަނީ ހާމަވެފައެވެ.
ވަކި ފަރާތަކަށް މަންފާވާ ގޮތަށް ކައުންސިލަށް ލޯންޗެއް ގަތުމަށް އިއުލާންކޮށްފައިވާ ކަމަށް ވެސް އެލްޖީއޭ އިން ބުންޏެވެ.
މީގެއިތުރުން ކައުންސިލަރު މުހައްމަދު ޒަލީފް އަބްދުﷲގެ ސާބިތު ދަރަންޏެއް އޮވެމެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ކަމަށް ވެސް އެލްޖީއޭ އިން ބުންޏެވެ.

8 ދުވަސް ކުރިން

20 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-c1f79658.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން
-c0e2fff8.jpg)
3 މަސް ކުރިން

3 މަސް ކުރިން