-8402fff9.png)
ސައިފުﷲ އަލީ

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް މެންބަރުން އިންތިހާބުކުރަންޖެހޭ މެންބަރުން ހޮވުމަށް މިއަދު ނެގި ވޯޓު ތަފާތު ބޮޑުކޮށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފިއެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް 3 މެންބަރަކު އިންތިހާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން ހޮވާ މެންބަރެއްގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެންބަރެކެވެ.
މީގެ ތެރެއިން ސިޓީ ކައުންސިލްތައް ތަމްސީލުކުރާ ގޮނޑިއަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް އެކަނި ކަމަށްވާތީ، ވޯޓަކާ ނުލައި އޭނާ ވަނީ މިހާރު އެލްޖީއޭގެ ބޯޑަށް އިންތިހާބުވެވަޑައިގެންފައެވެ. އެހެންކަމުން މިއަދު ކުރިއަށްގެންދިޔައީ ރަށު ކައުންސިލަރުންނާއި ޑަބްލިއުޑީސީތަކުގެ ރައީސުންގެ ތެރެއިން ބޯޑަށް އައްޔަންކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބެވެ.
މި އިންތިހާބު ނިމިފައިވާއިރު ނަތީޖާތަކަށް ބަލާއިރު ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް ބޭފުޅަކު އިންތިހާބުކުރުމަށް ނެގި ވޯޓުގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންޑިޑޭޓަށް 314 ވޯޓު ލިބިވަޑައިގަތްއިރު، ހަތަރު އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ އަޣުލަބިއްޔަތު ވޯޓު ކާމިޔާބުކުރެއްވީވެސް ޕީއެންސީއަށް ނިސްބަތްވެވަޑައިގެންނެވި ކެންޑިޑޭޓެވެ. އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 227 ވޯޓެވެ.
އެހެންކަމުން އެލްޖީއޭގެ ބޯޑަށް ރަށު ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރުގެ މަގާމު ޕީއެންސީގެ ކެންޑިޑޭޓު ކާމިޔާބުކުރެއްވީ ވޯޓުގެ 58.04 އިންސައްތަ ވޯޓު ކާމިޔާބުކުރައްވައިގެންނެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް އިންތިހާބުކުރާ މެންބަރު ހޮވުމަށް ނެގި ވޯޓުގައި ޕީއެންސީން ވާދަކުރެއްވި ކެންޑިޑޭޓަށް ލިބިވަޑައިގަތީ 89 ވޯޓެވެ. އެމްޑީޕީން ވާދްކުރެއްވި ކެންޑިޑޭޓަށް ލިބިވަޑައިގަތީ 63 ވޯޓެވެ. އެހެންކަމުން 26 ވޯޓުގެ ތަފާތުން އެ މަގާމު ލިބިވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓަށެވެ.
-c1f79658.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން
-61be376e.jpg)
5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން
-7826e573.jpg)
1 އަހަރަށްވުރެ ގިނަ ކުރިން