-8402fff9.png)

ޢާލިމް އަބްދުއްލަތީފް

މޯލްޑިވިއަންގެ ކުރޫ ސެޓެއް ފުރަން ތައްޔާރުވެފައި --
އީދާ ދިމާކޮށް އެތެރޭގެ ދަތުރުތައް އިތުރުކުރާނެކަމަށާއި މިހާރު ވެސް އިތުރުކުރަމުންދާ ކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.
މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު މިއަދު "ނުކުތާ"އަށް ވިދާޅުވީ ޝެޑިއުލަށް ބަލައި, ޖާގަ ހުރި ވަރަކުން ދަތުރުތައް މިހާރު ވެސް އިތުރުކުރަމުން ދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އީދާ ދިމާކޮށް ދަތުރުތައް އިތުރުކުރެވޭ ވަރަަކަށް އިތުރު ކުރާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އިތުރުކުރާނެ ވަކި އަދަދެއް ދަންނަވާކަށް ނޭނގެ. އެހެން ނަމަވެސް ޖާގަ ހުރި ވަރަކުން އިތުރުކުރަމުން ދާނެ," އޮފިޝަލް ވިދާޅުވިއެވެ.
ސައުދީ ސަރުކާރުން އިއްޔެ ބުނި ގޮތުގައި ހަނދު ފެނުމާ ގުޅިގެން މި އަހަރުގެ ބަރަކާތްތެރި އަރަފާތު ދުވަހަކީ މި ހިނގާ މޭ މަހުގެ 26 ވާ އާދިއްތަ ދުވަސް ކަމަށެވެ. އަދި މި އަހަރުގެ އަދުހާ އީދު ނުވަތަ ބޮޑު އީދު ދުވަހަކީ މޭ މަހުގެ 27 ވާ ހޯމަ ދުވަސް ކަމަށްވެސް އެ ގައުމުން ވަނީ ކަނޑައަޅާފައެވެ.
އާއްމުކޮށް ކޮންމެ އަހަރަކު ވެސް އީދު ބަންދާ ދިމާކޮށް މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތަކަށް އިންތިހާއަށް ބާރުބޮޑުވެއެވެ. އަދި ކޮންމެ އަހަރެއްގައި ވެސް ދަތުރުތައް އެ އެއާލައިނުން އިތުރުކުރާކަން ފާހަގަކުރެވެއެވެ.
-d8b50da8.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން
-2abff338.jpg)
3 މަސް ކުރިން
-9a60159d.jpg)
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން