-8402fff9.png)

ރ. ވާދޫ --
ރ. ވާދޫގައި މިއަހަރުގެ އަޟްޙާ ޢީދު އެ ރަށުގެ ތާރީޚުގައި ވެސް ނުދެކޭ ފަދަ ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ތައްޔާރީތައް ވަމުން އެބަދެއެވެ.
އެ ރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، ޢީދުވިލާރޭ ވާދޫގައި ފުރަތަމަ ފަހަރަށް ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މެއި 30 ވަނަ ދުވަހުގެ ރޭ ރަށާއި ރަށުން ބޭރުގެ ފަންނާނުން ހިމެނޭ ޢީދު ޝޯވއެއް ބާއްވާ އިރު، އެ ޝޯގައި "ހިޔަލަ" ގުރޫޕުގެ ފަންނުވެރިންގެ ޚާއްޞަ ހުށަހެޅުންތަކެއް ފެނިގެންދާނެ ކަމަށް އޭނާ ބުންޏެވެ.
ކޮންމެ އަހަރަކު ވެސް ޢީދުގައި ވާދޫގައި ކުޅޭ ސަގާފީ ކުޅިވަރުތައް ކަމަށްވާ ކޯޑިކުޅުމާއި ތަކުރުނެރުން މިފަހަރު ވެސް އޮންނާނެ ކަމަށާއި ފެންކުޅި ހިމެނޭ ގޮތަށް އިތުރު ތަފާތު ކުޅިވަރުތައް ރާވަމުން އަންނަ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.
މި ހަރަކާތްތައް ރޭވުމުގައި އިންތިޚާބީ ކައުންސިލަރުންނާއި ޑަބްލިޔުޑީސީގެ އިސް ދައުރެއް އޮތް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

6 މަސް ކުރިން

6 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން