-8402fff9.png)

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް --- މަސްވެރިން.އެމްވީ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
މިފްކޯއިން ދަނީ މި ދުވަސްވަރު މަސްވެރިންގެ އަތުން މަސް ގަންނަ އަގު އެވްރެޖްކޮށް 17 ރުފިޔާއާއި 18 ރުފިޔާއާ ދެމެދުގެ މިންވަރެއްގައި ހިފަހައްޓަމުންނެވެ. އޭގެ ކުރިން ވެސް ސަރުކާރުން ވަނީ މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށްނުކުރުމަށް ސިޔާސަތެއް ކަނޑައަޅާފައެވެ.
ކަޅުބިލަމަހުގެ އަގަށް މިފަދަ ހެޔޮ ބަދަލެއް އައި ނަމަވެސް، ކަންނެލި ގަންނަ އަގުތަކަށް އަދި އެއްވެސް ބަދަލެއް ނުގެނެސް ކުރިންވެސް ހުރި ވަރެއްގައި ވަނީ ހިފަހައްޓާފައެވެ.
މި ގެނެވުނު އާ އަގުގެ ދަށުން މިފްކޯގެ މައިގަނޑު ކާރުހާނާތައް ހުންނަ ފެލިވަރު، ކޫއްޑޫ އަދި އައްޑޫގެ އިތުރުން ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ، ހއ. އިހަވަންދޫ އަދި ފުވައްމުލައް ސިޓީގެ ބަނދަރުތަކުންވެސް މަސްވެރިންގެ އަތުން މަސް ބަލައިގަންނަމުންދާނެއެވެ. ސަރުކާރުގެ ދުރުރާސްތާގެ މައިގަނޑު އަމާޒަކީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު އެކި މަރުހަލާތަކަށް ބަހާލައިގެން 20 ރުފިޔާއަށް ބޮޑުކުރުމެވެ.
މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް އަގުއެއްކޮށް (ވެލިއު އެޑްކޮށްގެން) ދުނިޔޭގެ ބާޒާރަށް ނެރޭ ބާވަތްތައް އިތުރުކުރުމާއި، މަސް ފެކްޓްރީތަކުގެ ކެޕޭސިޓީ މިހާރަށްވުރެ ފުޅާކުރުމުގެ އިތުރުން ބޭރުގެ މާކެޓްތަކަށް މަސް އެކްސްޕޯޓްކުރާ މިންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
މީގެ އިތުރުން، މިފްކޯއިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާ އައުޓްލެޓްތައް ހުޅުވައި، ދިވެހި ރައްޔިތުންނަށް ފަސޭހަކަމާއެކު މަހުގެ އުފެއްދުންތައް ލިބޭނެ އިންތިޒާމުތައް ފަހިކޮށްދެމުންނެވެ.
ހަމަމިއާއެކު، އިނގިރޭސިވިލާތަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ނަގަމުންދިޔަ ކަސްޓަމްސް ޑިއުޓީ ނުވަތަ ޓެކްސް އެ ޤައުމުން ދާދި ފަހުން ކަނޑާލުމަކީ ވެސް މި މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.
26 ދުވަސް ކުރިން
-f2d6e48d.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން