-8402fff9.png)
މިރާޝް މޫސާ
-0c91c8de.png)
އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމާއި މެންބަރުކަމުން މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަޤާމަށް، ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށް މަޖިލީހަށް ނަން ފޮނުއްވެވީ އެ މަޤާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ސިޓީފުޅުގައި، އެ މަޤާމަށް ދަފްތަރު ނަންބަރު ރސ 13449، މުޙައްމަދު ޝަކީލް އައްޔަން ކުރައްވަން ފެނިވަޑައިގަންނަވާކަން ވަނީ ބަޔާންކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހަށް މި ނަންފުޅު ހުށަހެޅުއްވުމާ ގުޅިގެން، މި މައްސަލަ ދިރާސާކުރުމަށް މިހާރު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ. ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު، ތަޅުމަށް ރިޕޯޓު ހުށަހަޅައި، މެންބަރުންގެ ވޯޓަކުން މި ނިންމުމަށް ގޮތެއް ކަނޑައަޅާނެއެވެ.
މުޙައްމަދު ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 3 އިން ފެށިގެން 2018 ވަނަ އަހަރުގެ މޭ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އެ ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައެވެ. އޭގެ ކުރިން 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 އިން ފެށިގެން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 3 އަށް ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. ޤާނޫނުގައިވާ ގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނަކީ ޖުމްލަ ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މުސްތަޤިއްލު މުއައްސަސާއެކެވެ.
-18fe96dd.png)
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން
-ac30ed1f.jpg)
4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން