-8402fff9.png)
އައިޝަތު ހިދާޔާ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމަށް މުހައްމަދު ޝަކީލް އައްޔަން ކުރުމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
އީސީގެ މެމްބަރުކަމަށް ޝަކީލް އައްޔަންކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެ. އީސީގެ މެމްބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މިދިޔަ މެއިމަހުގެ ފުރަތަމަ ދުވަހުއެވެ.
ހައްޖު ކޯޕަރޭޘަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރެއްވި ޝަކީލް އީސީގެ ރައީސްކަމަށް އައްޔަންކުރަން ރުހުން ހޯދުމަށް ރައީސް މަޖިލީހަށް ހުށަހެޅުއްވި ސިޓީ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.
"ގާނޫނު ނަމްބަރު 8/2008 އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ހ. ގައިވާ ގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަންގެ ރައީސް އައްޔަން ކުރުމަށްޓަކައި އެ މާއްދާގެ ށ. ގައިވާގޮތުގެ މަތިން އެ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކޮށްފައިވާ ދަފުތަރު ނަމްބަރު ރސ.1349 އަލްފާޞިލް މުހައްމަދު ޝަކީލްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވައި މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން މި ނަން ފުޅު ފާސްކޮށްދެއްވުން އެދި ދެންނެވީމެވެ,"
މީގެކުރިން ޝަކީލް ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްކަން ވެސް ކުރައްވާފައެވެ. އަދި އެ ކޮމިޝަންގެ މެމްބަރުކަން ވެސް އޭނާ ވަނީ މީގެކުރިން ކުރައްވާފައެވެ.
-18fe96dd.png)
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން
-ac30ed1f.jpg)
4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން
-0c91c8de.png)
5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން