-8402fff9.png)

އިލެކްޝަންސް ކޮމިޝަނަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދިން މުހައްމަދު ޝަކީލް --
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މި މަގާމު ހުސްވީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ ޝަކީލްގެ ނަމެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ އޭނާއާ އިންޓަވިއު ކުރުމަށްފަހު، ރުހުން ދިނުމަށް ފާސްކޮށް ތަޅުމަށް ފޮނުވި މައްސަލާގައި މިއަދު ނެގި ވޯޓުގައި، ޖަލްސާއަށް ހާޒިރުވި 60 މެންބަރުންގެ ތެރެއިން 51 މެންބަރުން ވަނީ އޭނާ އައްޔަންކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އޭނާ އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.
މަޖިލީހުގެ ރުހުން ލިބުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ޝަކީލް މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވާނެ ކަމަށް މައުލޫމާތު ލިބެއެވެ. ޝަކީލަކީ މީގެ ކުރިން ވެސް އީސީގެ ޑިރެކްޓަަރު ޖެނެރަލްކަމާއި ކޮމިޝަންގެ މެންބަރުކަން ފުރުއްވާފައިވާ ބޭފުޅެކެވެ.
ތިން އަހަރު ކޮމިޝަންގެ މެންބަރުކަން ކުރެއްވުމަށްފަހު 2018 ގައި އިސްތިއުފާ ދެއްވީ، ކޮމިޝަންގެ ތެރޭގައި މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ނެތް ކަމަށް ގަބޫލުކުރެއްވޭތީ ކަމަށް މަޖިލީހުގެ ކޮމިޓީގައި އޭނާ ވިދާޅުވިއެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން
-18fe96dd.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން