-8402fff9.png)
ސައިފުﷲ އަލީ
-18fe96dd.png)
ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވުމުން ބާއްވާ ބައި-އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ފުރުސަތު ކުރީގެ ކައުންސިލް ރައީސް މުޙައްމަދު ޝުޖާޢުއަށް ލިބިވަޑައިގެންފިއެވެ.
އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއަކާ ނުލައި ޝުޖާޢުއަށް ޓިކެޓު ކަށަވަރުވީ، އެ ޕާޓީގެ ޓިކެޓުގައި އިންތިޚާބަށް ކުރިމަތިލެއްވީ އޭނާ އެކަނި ކަމަށް ވާތީއެވެ.
ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ ފަސްވަނަ ކައުންސިލްގެ ދައުރު ފެށުނު ފަހުން ޕާޓީ ބަދަލުކުރެއްވި ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް އެލްޖީއޭ އިން 2 ޖުލައިގައި ކަނޑައެޅުމުންނެވެ. ޝުޖާޢު އިންތިޚާބުވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ކަމަށްވާއިރު، އެ ޕާޓީ އުވާލުމާ ގުޅިގެން އޭނާ ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.
މި މައްސަލައާ ގުޅޭގޮތުން ޝުޖާޢު ވިދާޅުވީ، އޭނާ މަގާމުން ވަކިކުރަން އެލްޖީއޭއިން ނިންމީ އިޖުރާއަތުތައް ފުރިހަމަނުކޮށް، ގާނޫނުގައި ނެތް ހާލަތެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި އީސީން ބައި-އިންތިޚާބަށް ހުޅުވާލުމުން އަލުން އިންތިޚާބުގައި ވާދަކުރައްވައިގެން އެ މަގާމު ހޯއްދަވާނެ ކަމަށް އޭނާ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިންތިޚާބު 28 ނޮވެމްބަރުގައި ބޭއްވުމަށެވެ.

3 ދުވަސް ކުރިން

16 ދުވަސް ކުރިން

19 ދުވަސް ކުރިން

19 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-61a2a9dd.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-3186f67e.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން