-8402fff9.png)
ފާތިމަތު މިޝްކާ

ޣައްޒާގެ ކުއްޖެއް
"ސީޒް ފަޔާ" ނުވަތަ ހަމަލާ ދިނުން ހުއްޓާލާފައި އޮންނަ މުއްދަތުގެ ތެރޭގައި ވެސް އިޒްރޭލުން ނިސްބަތުން ދުވާލެއްގެ މައްޗަށް ޣައްޒާގެ އެއް ކުޑަ ކުއްޖަކު މަރަމުން އަންނަ ކަމަށް އދ ކުޑަކުދިންގެ އެޖެންސީއިން ބުނެފި އެވެ.
އޮކްޓޫބަރު 2025އިން ފެށިގެން މިހާތަނަށް އިޒްރޭލުން ފަލަސްތީނުގެ 265 ކުޑަކުދިން މަރާލާފައިވާކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓު ކުރެ އެވެ. އެއީ ހަނގުރާމަ ހުއްޓާލުމަށް އިއުލާން ކުރި ފަހުން އިޒްރޭލުން ގަތުލުކޮށްފައިވާ ކުދިންގެ އަދަދު އެކަންޏެވެ.
އދ އިން ބުނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު ވެސް، މި ވޭތުވެދިޔަ އަށް މަސް ތެރޭގައި ވެސް ފަލަސްތީނުގެ އެއް ކުއްޖަކު ދުވާލެއްގެ މައްޗަށް ގަތުލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން "ސީޒް ފަޔާ"އެއްގެ ގޮތުގައި މުޅި ދުނިޔެއަށް ދައްކައި އަދި މުޅި ދުނިޔެއިން ވެސް "ސީޒް ފަޔާ"ގެ މުއްދަތުގެ ގޮތުގައި ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ހަގީގަތުގައި ހަމަލާތަކަށް ހުއްޓުމެއް އައިސްފައިނުވާ ކަމަށް ޔުނިސެފްގެ ސްޕޯކްސްޕާސަން ވިދާޅުވި އެވެ.
ފަލަސްތީނުގެ ކުދިންނަށް ހަމަލާ ދީ ގަތުލުކޮށްފައިވަނީ އެ ކުދިންގެ ގެތަކުގައި، ސްކޫލުތަކުގައި ތިއްބައި ނުވަތަ ބޭރު ތެރޭ ފުޓުބޯޅަ ކުޅެ ނުވަތަ މަސް ބޭނުން ފަދަ ކަންކަން ކުރަމުން ދަނިކޮށް ކަމަށް ސްޕޯކްސްޕާސަން ވިދާޅުވެފައިވެ އެވެ.
އެގޮތުން މި ހަފްތާ ތެރޭ އެކަނިވެސް 2 އަހަރާއި 13 އަހަރުގެ ފިރިހެން ކުއްޖެއް ޓެންޓު ތެރޭގައި ހުއްޓައި ގަޔަށް ބަޑި ޖަހައި މަރާލާފައިވާއިރު އިޒްރޭލުން ދިން ހަމަލާއެއްގައި ފަސް އަހަރުގެ ފިރިހެން ކުއްޖަކާއި އޭނާގެ ބައްޕަ މަރާލާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، ޓެންޓުގައި ހުއްޓައި 12 އަހަރުގެ އަންހެން ކުއްޖެއްގެ މެޔަށް ބަޑި ޖެހި ހާދިސާއަކާއި ޑްރޯން ހަމަލާއެއްގައި 3 އަހަރުގެ އަންހެން ކުއްޖެއްގެ މޫނަށް ވަޒަން އެރި ހާދިސާއެއް ހިނގާފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްޕޯކްސްޕާސަން ވިދާޅުވީ މި ހިސާބުން މިކަން ނުނިމޭ ކަމަށާއި 400އަށް ވުރެ ގިނަ ކުދިންނަން ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.
އެތައް ސަތޭކަ ކުދިންނަކަށް "މެޑިކަލް އިވެކުއޭޝަން" ނުވަތަ ރަނގަޅު ފަރުވާއެއް ދެވޭނެ ފަދަ ތަނަކަށް ގެންދިޔުން މުހިންމު ކަމަށާއި އިޒްރޭލުގެ ފިއްތުންތަކުގެ ސަބަބުން ބޭސް އެތެރެކުރުން ވެސް ލިމިޓުކޮށްފައިވާތީ އިންފެކްޝަންތަކާއި އިތުރު ކޮމްޕްލިކޭޝަންތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ. މިކަމުގެ ސަބަބުން ގިނަ ކުދިންތަކެއްގެ ގުނަވަންތައް ބުރިކޮށް ނުވަތަ ވަކި ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

3 މަސް ކުރިން
4 މަސް ކުރިން
-4d363154.jpg)
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން
-c9e28688.jpg)
5 މަސް ކުރިން