-8402fff9.png)
ފާތިމަތު މިޝްކާ
-c9e28688.jpg)
ދިވެހިރާއްޖެއިން ފަލަސްތީނަށް 50،000 އެމެރިކާ ޑޮލަރު ހަދިޔާ ކުރުމަށް ހަމަޖައްސައިފި އެވެ.
ދިވެހި ސަރުކާރުން މިކަން ހާމަކުރީ އދ ގެ މައި މަރުކަޒުގައި އިއްޔެ ކުރިއަށްދިޔަ 'އަންރުވާ ޕްލެޖިންގް ކޮންފަރަންސް' ގަ އެވެ.
އެގޮތުން 50,000 އެމެރިކާ ޑޮލަރުގެ އެހީއެއް އަންރުވާ ކޮންފަރެންސް މެދުވެރިކޮށް ފަލަސްތީނަށް ހަދިޔާކުރަން ހަމަޖެހިފައިވާކަމަށް ދިވެހިރާއްޖެއިން އ.ދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަސީރު މުހައްމަދު ކޮންފަރެންސްގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
ދާއިމީ މަންދޫބުގެ ވާހަކަފުޅުގައި އަންރުވާއަށް އެހީ ފޯރުކޮށްދިނުމަކީ ހަމައެކަނި މާލީ ނިންމުމެއް ނޫންކަމަށާއި އެއީ އިންސާނީ ކަރާމާތާއި ބައިނަލްއަގުވާމީ ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ހިމާޔަތްކުރުމާ ގުޅުންހުރި ކަމެއްކަމުގައި ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ދާއިމީ މަންދޫބު ވަނީ މިހާރު އަންރުވާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އަންރުވާ އާ ދެކޮޅަށް ކުރަމުންދާ ދޮގު ތުހުމަތުތައް ފާހަގަކޮށް، އަންރުވާގެ މުހިންމު މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައެވެ. އަދި ދިވެހިރާއްޖޭގެ ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކުކަމަށް ވިދާޅުވެފައިވެ އެވެ.
2024 ވަނަ އަހަރުވެސް ދިވެހިރާއްޖެއިން ވަނީ އަންރުވާއަށް އެހީ ގެ ގޮތުގައި 50,000 އެމެރިކާ ޑޮލަރު ހަމަޖައްސާފައެވެ.

3 މަސް ކުރިން
4 މަސް ކުރިން
-4d363154.jpg)
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން