-8402fff9.png)
ސައިފުﷲ އަލީ

ފޮޓޯ: އިންޓަނެޓު
12 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި އެކަމަށް ސްނެޕްޗެޓު މަގުފަހިކުރުވިކަމަށް ކުއްޖާގެ އާއިލާއިން ބުނެ، ސްނެޕްޗެޓުގެ ކުންފުނި ސްނެޕުގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
އެ ކުއްޖާގެ އާއިލާއިން ބުނެފައިވާ ގޮތުގައި ސްނެޕްޗެޓުގެ "ކުއިކް އެޑު" އަދި "ސްނެޕް މެޕު" ފަދަ ފީޗާޒްތަކުގެ ސަބަބުން ކުއްޖާ ރޭޕުކުރި ގެބްރިއެލް ޖޮއެލްއަށް ފަސޭހަވެގެން ދިޔަ އެވެ.
އެމެރިކާގެ މިސޫރީގައި ހިނގި މި ހާދިސާއާ ގުޅިގެން މިދިޔަ ބުދަ ދުވަހު ސްނެޕު ކުންފުންޏާ ދެކޮޅަށް ވަނީ ދައުވާ އުފުލާފަ އެވެ.
ގެބްރިއެލް ވަނީ ދާދި ފަހުން ރޭޕްކުރުމާއި ކުޑަކުއްޖަކު ގްރޫމްކުރުމުގެ ދައުވާތަކަށް އިއުތިރާފުވެސް ވެފަ އެވެ. އެ ދައުވާތަކަށް އިއުތިރާފުވުމުން އަދަބެއްގެ ގޮތުގައި 18 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވެ އެވެ.
މިއީ ސްނެޕްޗެޓު ކުންފުނީގެ މައްޗަށް އުފުލާ މިފަދަ ފުރަތަމަ ދައުވާއެއް ނޫނެވެ. މީގެ ކުރިން ވެސް ޖިންސީ ގޯނާގެ އެކި ހާދިސާތަކުގައި، ގިނަ އާއިލާތަކަކުން ސްނެޕްޗެޓުން އެ ކަންކަމަށް މަގުފަހިކޮށްދޭ ފީޗާޒް ހުންނަކަމަށް ބުނެ ދައުވާކޮށް އެކަމަށް ވަކާލާތުކޮށްފައިވެ އެވެ. އަދި މިފަދަ ތުހުމަތުތަކާއި ގުޅުވައި ބައެއް ފިރިހެނުންނަށް އެކި ކަހަލަ އަދަބުތަކާއި ހުކުމްތައް އައިސްފައިވެ އެވެ.
ނިއު މެކްސިކޯގެ އެޓާނީ ޖެނެރަލް ރައުލް ޓޮރެޒް ވެސް، ސްނެޕްޗެޓުގެ ޕޮލިސީތަކާއި ފީޗާޒްތަކުން ކުޑަކުދިން ގްރޫމްކުރުވުމަށް މަގުފަހިކޮށްދޭކަމަށް ތުހުމަތުކޮށް އެ ކުންފުންޏާ ދެކޮޅަށް ދައުވާ އުފުލާފައިވެ އެވެ.
މިފަދަ ތުހުމަތުތަކާއި ހާދިސާތަކުގެ ސަބަބުން ސްނެޕުން ވަނީ އުމުރުން ދޮށީ މީހުންނަށް ކުޑަކުދިންނަށް ސްނެޕްޗެޓު މެދުވެރިކޮށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކަށް ހުރަސްތައް ގެނެސް އެކަމަށް އުނދަގޫވާނެ ކަންތައްތަކެއް އެޕްލިކޭޝަންގައި ތައާރަފްކޮށްފަ އެވެ. އަދި އިތުރަށްވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ސޯޝަލް މީޑިޔާ ވިކްޓިމްސް ލޯ ސެންޓަރުގެ ފައުންޑަރ ވިދާޅުވެފައިވާ ގޮތުގައި ސްނެޕްޗެޓުން ކުޑަކުދިން ގްރޫމްކުރާ މީހުންނަށް، "ވަލްނެރަބަލް" ނުވަތަ ނުރައްކަލަށް ހުށަހެޅޭނެ ކަމަށް ބެލެވޭ ކުދިން ދެނެގަތުމަށް ފަސޭހަ ގޮތްތަކެއް ހުންނާތީ އެ ކުދިންނާ ގުޅުން ބަދަހިކުރުމަށް އެފަދަ މީހުންނަށް ވަރަށް ފަސޭހަވެގެންދެ އެވެ.
ސޯޝަލް މީޑިޔާގެ ސަބަބުން މިފަދަ އެތައް ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ ބައެއް ގައުމުތަކުގައި ވަކި އުމުރަކަށް ވުރެ ކުޑަ ކުދިންނަށް ސޯޝަލް މީޑިޔާ ބޭނުންކުރުން ގާނޫނީގޮތުން ވަނީ މަނާކޮށްފައިވެ އެވެ.

19 ދުވަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން