-8402fff9.png)

ރާއްޖޭގެ މަޝްހޫރު ފިލްމް ޕްރޮޑަކްޝަން ހައުސް, ޑާކްރެއިން އެންޓަޓައިންމަންޓުން ކުޑަކުދިންނަށް ހާއްސަކޮށް "ހާސްބަސް ސާބަސް" ނެރެފިއެވެ.
މިއީ ލުރު ވާހަކަ ސީރީޒްއެއް ގޮތަށް ތައްޔާރުކޮށްފައިވާ ވީޑިއޯއެކެވެ.
ޑާކްރެއިންއިން ބުނީ މިއީ, ދިވެހި ބަހަށް ކުޑަކުދިންގެ ޝައުގުވެރިކަން އިތުރުކުރުމަށް އެހީވެދޭނެ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދިވެހި ބަހުގައިވާ އަޑުތަކަށް ކުދިން ހޭުންކަމަށް ޑާކްރެއިން އިން ބުންޏެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން މަޖާ އަދި ލުއި ގޮތަކަށް ދިވެހި ބަހާ ކުދިން ރައްޓެހި ވާނެކަމަށް ޑާކްރެއިން އިން ބުންޏެވެ.
"ހާސްބަސް ސާބަސް" ލިޔެ ހުށަހަޅާފައި ވަނީ އައިޝަތު ފުއާދުއެވެ.
މި ޕްރޮގްރާމުގައި ހާށަވިޔަނީގެ ކޮންމެ އަކުރަކާއި އެ އަކުރަކުން ފެށޭ އެއްޗެއް ކުޑަކުދިން ޝައުގުވެރިވާނެ ގޮތަކަށް ކިޔައިދެއެވެ. މި ޕްރޮގްރާމް ޑާކްރެއިންގެ ޔޫޓިއުބުން މިހާރު ބަލައިލެވޭނެއެވެ.

3 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން