-8402fff9.png)
ފާތިމަތު މިޝްކާ

ރާއްޖޭގައި މިވަގުތު ފެތުރެމުންދާ ހިމަބިހި ނައްތާލުމަށް އެންމެ މުހިންމީ ދެ ޑޯޒު ވެކްސިން ފުރިހަމަކުރުން ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިޔާގައި ޑރ. ފައިސަލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލަންކާގައިވެސް ހިމަބިހި އަލުން ފެތުރެން ފެށުމަށްފަހު ކޮންޓްރޯލްވެފައި ނުވާ ކަމަށެވެ. ޑރ ފައިސަލް ވިދާޅުވީ ލަންކާގައި ހިމަބިހި ނައްތާލެވިފައި އޮތުމަށްފަހު 2023 ގައި ހިމަބިހި ފެތުރެން ފެށި ކަމަށެވެ. އެއަށްފަހު ދޮޅު އަހަރު ވީއިރުވުސް ބަލި ކޮންޓްރޯލް ނުކުރެވުމުން 2024 ގައި އެގައުމަކީ ހިމަބިހި އަލުން ފެތުރޭ ގައުމަކަށް ނިންމާފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވެކްސިންގެ ޑޯޒުތައް ފުރިހަމަކުރުމަށް ބާރު އަޅަމުންދާއިރު، ފާޅުގައި ވެކްސިން ޖެހުމާއި ދެކޮޅަށް ބައެއް މީހުން ސޯޝަލް މީޑިޔާގައި އަންނަނީ ވާހަކަ ދައްކަމުންނެވެ. އެކަމާމެދު ބައެއް އާންމުން ހިތްހަމަ ނުޖެހުން ފާޅު ކުރަމުންދާކަން ފާހަގަކޮށްލެވެ އެވެ.
އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން އެކަނިވެސް 44 ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވެ އެވެ.
ޖޫން މަހުގެ 30 ވަނަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި މިހާރު ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 66އަށް އަރާފައިވާކަމަށް އެޗްޕީއޭއިން ބުނެ އެވެ.
މިދިޔަ ހަފުތާގައި އެ އެޖެންސީން ބުނިގޮތުގައި މި ބަލި ޖެހިގެން އެންމެ ގިނައިން މިހާތަނަށް ރިޕޯޓުކޮށްފައި ވަނީ 18 އަހަރުން މަތީގެ ދިވެހިންނެވެ.
މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މިހާރު އެ އެޖެންސީން ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށައިފައެވެ. އެގޮތުން, މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ވެކްސިން ދޭން ނިންމާފައި ވަނީ ސިއްޙީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށެވެ. އެއަށްފަހު އުމުރުން 30 އަހަރުން ދަށުގެ، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވެކްސިން ދޭން ނިންމާފައިވާއިރު މި ގްރޫޕަށް ވެކްސިން ދިނުމުގެ މަސައްކަތް ޖޫން މަހުގެ 30ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާކަމަށް މީގެކުރިން އެޗްޕީއޭއިން ބުނެފައިވެ އެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން