-8402fff9.png)
އައިޝަތު ހިދާޔާ

ރާއްޖޭގައި ހިމަބިހި ފެތުރޭ މިންވަރު ކޮންޓްރޯލްވެ, މިދިޔަ ހަފުތާގައި މި ބައްޔަށް ފައްސިވީ އެންމެ މީހެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރުގެ މެދުތެރޭގައި ހިމަބިހި ފެތުރުނު މިންވަރު ވަރަށް ބޮޑަށް އިތުރުވިއެވެ. އޭރު ގާތްގަނޑަކަށް 20 މީހުން މި ބައްޔަށް ހަފުތާއެއްގެ މައްޗަށް ފައްސިވަމުން ދިޔައެވެ. މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ވެކްސިން ޕްރޮގްރާމެއް ވެސް މާލެއާއި އަތޮޅުތެރޭގައި އެޗްޕީއޭއިން ފެށިއެވެ.
މި ބަލި ކޮންޓްރޯލް ކުރެވި ބައްޔަށް ފައްސިވާ މީހުން މަދުވާން ފެށީ އޮގަސްޓްމަހުގެ ތެރޭގައެވެ.
މިއަދު އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފުތާގައި ބަލި ޖެހުނީ އެންމެ މީހަކަށެވެ. އެއާއެކު, މިއަހަރުގެ ޖަނަވަރީން ފެށިގެން މި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ, 287އަށް އަރާފައެވެ.
އެޗްޕީއޭއިން ބުނީ, މި ބަލި ކޮންޓްރޯލްކުރަން ފެށި ވެކްސިން ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 16, 503 މީހަކަށް ވެކްސިން ދެވިފައި ވާކަމަށެވެ.
ހިމަބިހި ރާއްޖޭގައި ތެފުރުމާ ގުޅިގެން ވާހަކަ ދައްކަވަމުން މިފަހުން ހެލްތް މިނިސްޓަރު ގީލާ ވިދާޅުވީ, ރާއްޖެ އަދިވެސް އޮންނަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން މީގެކުރިން ކަނޑައަޅާފައިވާގޮތަށް ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަމަށެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން