-8402fff9.png)
އައިޝަތު ހިދާޔާ

މިދިޔަ ހަފުތާގައި ހިމަބިހީގެ އެއްވެސް ކޭހެއް ރިޕޯޓު ނުކުރާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރުގެ މެދުތެރޭގައި ހިމަބިހި ފެތުރުނު މިންވަރު ވަރަށް ބޮޑަށް އިތުރުވިއެވެ. އޭރު ގާތްގަނޑަކަށް 20 މީހުން މި ބައްޔަށް ހަފުތާއެއްގެ ތެރޭ ފައްސިވަމުން ދިޔައެވެ. މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ވެކްސިން ޕްރޮގްރާމެއް ވެސް މާލެއާއި އަތޮޅުތެރޭގައި އެޗްޕީއޭއިން ފެށިއެވެ.
މި ބަލި ކޮންޓްރޯލް ކުރެވި ބައްޔަށް ފައްސިވާ މީހުން މަދުވާން ފެށީ އޮގަސްޓްމަހުގެ ތެރޭގައެވެ.
މިދިޔަ ހަފުތާގައި މި ބައްޔަށް އެއްވެސް މީހެއް ފައްސިވެފައި ނުވާއިރު, މިހާތަނަށް މި ބަލި ޖެހިގެން މިއަހަރު 287 މީހުން ރިޕޯޓު ކުރިއެވެ. މި ބަލި ކޮންޓްރޯލް ކުުރމަށް ފެށި ވެކްސިން ޕްރޮގްރާމުގެ ތެރެއިން 16,689 މީހުންނަށް ވެކްސިން ދީފައި ވާކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިދިޔަ ހަފުތާގެ ކުރީ ހަފުތާގައި ވެސް މި ބައްޔަށް ފައްސިވީ އެންމެ މީހެކެވެ.
ހިމަބިހި ރާއްޖޭގައި ތެފުރުމާ ގުޅިގެން ވާހަކަ ދައްކަވަމުން މިފަހުން ހެލްތް މިނިސްޓަރު ގީލާ ވިދާޅުވީ, ރާއްޖެ އަދިވެސް އޮންނަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން މީގެކުރިން ކަނޑައަޅާފައިވާގޮތަށް ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަމަށެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން