-8402fff9.png)
އައިޝަތު ހިދާޔާ
ކެންސަރު ބައްޔަށް ބޭނުންކުރާ އިންޖެކްޝަންއެއް ކަމަށްވާ "ޑެޒަލެކްސް"ގެ ފޭކު ބެޗެއް ރާއްޖެއިން ފެނިފައިވާއިރު, އެ އިންޖެކްޝަން ރާއްޖޭގެ ބޭސްފިހާރައެއްގައި ވިއްކާފައި ނުވާނެ ކަމަށާއި ބަލިމީހެއް ގަޔަށް ވެސް އެ އިންޖެކްޝަން ޖަހާފައި ނުވާކަމަށް މިއަދު ހެލްތް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މި އިންޖެކްޝަންގެ ފޭކު ބެޗެއް ރާއްޖެއިން ފެނުމުން އެކަމަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން އިލްތިމާސްކުރީ މިދިޔަ ހުކުރު ދުވަހުއެވެ. މި ބޭހަކީ ލޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ 'މަލްޓިޕަލް މައިލޯމާ' އާއި އެހެނިހެން ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހެކެވެ.
މި ބޭސް ފެނިފައިވަނީ ހުއްދަ ނެތް ސަޕްލަޔަރުންގެ އަތުންނާއި ބައެއް ހޮސްޕިޓަލްތަކުންކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "ނުކުތާ"އަށް ވިދާޅުވީ, މި ބޭސް ޑަބްލިއުއެޗްއޯއަށް ރިޕޯޓުކުރީ ރާއްޖޭން ކަމަށެެ. މިއީ ކެންސަރު ބަލިމީހެއް އަމިއްލަގޮތުން ރާއްޖޭން ބޭރުން ގެނެސްފައިވާ ބޭހެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ މި ބޭސް ރާއްޖޭގެ ބޭސްފިހާރަތަކުން ވިއްކާފައި ނުވާނެކަމަށެވެ.
އަދި މި އިންޖެކްޝަން ބަލިމީހާގެ ގަޔަށް ޖެހުމުގެ ކުރިން, ޑޮކްޓަރަށް ދެއްކުމުން މިއީ ފޭކް އިންޖެކްޝަންއެއްކަން ދެނެގަނެވިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
"މިކަމުން ދޭހަކޮށްދެނީ ރާއްޖޭގެ ސިއްހީނިޒާމު ހަރުދަނާކުރެވިފައިވާ މިންވަރު," މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި ބޭސްއުފައްދާ އަސްލު ކުންފުންޏަކީ "ޖެންސެން"އެވެ. އެ ކުންފުނިން ޔަގީންކޮސްދީފައިވާގޮތުގައި ބެޗް ނަމްބަރު MYS7381 އަދި STV1K01 މިއީ އެ ކުންފުނިން އުފައްދާފައިވާ އުފެއްދުންތަކެއް ނޫނެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހާމަކުރި ގޮތުގައި ރާއްޖޭން ފެނުނު ފޭކް އިންޖެކްޝަންގައި ލޮލަށް ފެންނަ ކުނޑި ނުވަތަ ތަޣައްޔަރުވެފައިވާ މައްދާތަކެއް ހުއްޓެވެ.
މި ފޭކު އިންޖެކްޝަންގެ ސަބަބުން ބަލި މީހާގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ. އަދި މި އިންޖެކްޝަންގެ ސަބަބުން އިންފެކްޝަން އުފެދި, ބަލި އިތުރަށް ގޯސްވުމާއި މަރުވުމުގެ ފުރުސަތު އޮތްކަމަށް ވެސް އެ ޖަމިއްޔާއިން ވަޞީ ބުނެފައެވެ.
14 ދުވަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން