-8402fff9.png)

ވިލިމާލޭގެ އެކި ހިސާބުތަކުން 37.7 ޓަނުގެ ކުނި މިދިޔަ ހޮނިހިރު ދުވަހު ސިޓީ ކައުންސިލުން ނަގައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ, ވިލިމާލެ ސާފުކުރުމަށް ބޭއްވި ހަރަކާތަކީ ވިލިމާލޭގެ ތިމާވެށި ރައްކާތެރިކޮށް، ރަށް ސާފުތާހިރުކޮށް ބޭއްވުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގެ ތެރެއިން ރަށުގެ އެކި ސަރަހައްދުތަކަށް އަޅައިފައި ހުރި ގިނަ ޢަދަދެއްގެ ކުނި ނަގައި ސާފުކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ, ވިލިމާލެ ފަދަ ރީތި ރަށެއް ސާފުތާހިރުކަންމަތީ ބޭއްވުމަށް ޓަކައި އަދި ވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަން މި ހަރަކާތުން ފާހަގަވިކަމަށެވެ. ގިނަ ޢަދަދެއްގެ ކުނި ނެގިފައިވީ ނަމަވެސް، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރިޔަށް އޮތްތާނގައި ވެސް އާންމުންގެ އެއްބާރުލުން ބޭނުންވާކަން ކައުންސިލުން ފާހަގަކުރިއެވެ.
"މިއަދު ފެނިގެންދިޔަ އެންމެ އުފާވެރި އަދި އުންމީދީ މަންޒަރަކީ، ރަށުގެ ސާފުތާހިރުކަމަށް ޓަކައި އެންމެހައި ފަރާތްތަކުން ދެއްކެވި ރީތި ނަމޫނާއާއި އެއްބައިވަންތަކަން" މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ. މި ފަދަ ހަރަކާތްތަކުގެ ސަބަބުން ރަށުގެ މާހައުލަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭކަމަށް ވެސް، މޭޔަރު ވިދާޅުވިއެވެ.
މި ހަރަކާތުގައި މޭޔަރު އާޒިމާއި، ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހް އަދި ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު ޣާލިބު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، މާލެ ސިޓީ ކައުންސިލްގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި، ވިލިމާލެ ސެކްޝަނުގެ ހުރިހައި މުވައްޒަފުންގެ އިތުރުން ވިލިމާލެ ޕޮލިސް ސްޓޭޝަނުން ވެސް މި މަސައްކަތުގައި ބައިވެރިވިއެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން
-125b775b.jpeg)
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން