-8402fff9.png)
ސައިފުﷲ އަލީ

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ތަރައްޤީކުރާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" އަދި މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަން ހުއާ މިއަދު ވިދާޅުވެއްޖެއެވެ.
ސަފީރު މިކަން ހާމަކުރެއްވީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ހަތްދިހަ ހަތްވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އެއްބާރުލުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން އަލިއަޅުވައިލެއްވި ޙަފްލާއެކެވެ.
މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
ޙަފްލާގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އެއްބާރުލުމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލްގެ މަސައްކަތް މިހާރު އޮތީ އިމާރާތްކުރުމުގެ ބިޑިންގ ނުވަތަ ކޮންޓްރެކްޓަރުން ހޮވުމުގެ މަރުޙަލާގައެވެ. އަދި މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު މިހާރު ދަނީ ޑިޒައިން ކުރެވެމުން ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.
"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލްގެ މަސައްކަތް މިހާރު އޮތީ އިމާރާތްކުރުމުގެ ބިޑިންގ މަރުޙަލާގައި. މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު މިހާރު ދަނީ ޑިޒައިން ކުރެވެމުން. މި ދެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ލަފާކުރެވޭ،" ސަފީރު ވިދާޅުވިއެވެ.
މީގެއިތުރުން، ރަށްރަށުގެ ކައުންސިލް އިދާރާތައް އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އެ މަޝްރޫޢުގެ ހުއްދަ ލިބޭނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވި ގޮތުގައި، މި ހުރިހާ މަޝްރޫޢުތަކަކީ ވެސް ދިވެހިރާއްޖޭގެ ދަރަންޏަށް އެއްވެސް ބުރައެއް ނާންނާނެހެން، ޗައިނާ ސަރުކާރުގެ ފުރިހަމަ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ.

3 މަސް ކުރިން
-125b775b.jpeg)
3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-30455362.jpg)
4 މަސް ކުރިން
-4c7733b5.jpeg)
4 މަސް ކުރިން

5 މަސް ކުރިން
-03e78bc8.jpg)
5 މަސް ކުރިން