-8402fff9.png)
މިންހާ އަބްދުالله

ޓީމުތަކުންނާއި ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަށްފަހު މި އަހަރުގެ ވޯލްޑް ކަޕް މެޗުތަކުގައި ދިން އުސޫލުން "ހައިޑްރޭޝަން ބްރޭކް"ތައް އަލުން ދިނުމާއި މެދު ވިސްނަމުންދާ ކަމަށް ފީފާއިން ހާމަކޮށްފި އެވެ.
ފީފާގެ ޗީފް އިފް ފުޓްބޯލް ޑިވެލޮޕްމަންޓް އަދި މަޝްހޫރު ކޯޗު އާސެން ވެންގަރ ބުނީ "ހައިޑްރޭޝަން ބްރޭކް"ތަކާ ބެހޭގޮތުން ސަޕޯޓަރުން ފާޅުކުރަމުންދާ ހިޔާލުތައް ބަލައިގަންނަ ކަމަށެވެ. ތިން މިނެޓުގެ މި ހުސްވަގުތުކޮޅު ކޮންމެ މެޗެއްގައި ދިނުމަށް ނިންމި ނިންމުމާއި މެދު ވިސްނާނެ ކަމަށާއި އެހެންނަމަވެސް އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށް ވެންގަތރ ބުނެފައިވެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި "ހައިޑްރޭޝަން ބްރޭކް"އަށްފަހު ކުޅުންތެރިންގެ ކުޅުމަށް ބަދަލު އަންނަކަން ހާމަވެފައިވޭތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ވެންގަރ ބުނީ އެފަދަ ކަމެއް ފާހަގެވެފައި ނުވާ ކަމަށެވެ.
ބައެއް މީހުން، ހާއްސަކޮށް ވަރަށް ގިނަ ސަޕޯޓަރުން ދަނޑަށް ވަންނަ މެޗުތަކުގައި ގިނަ ބަޔަކު "ހައިޑްރޭޝަން ބްރޭކް"އާ އެހާ ގަޔާނުވާކަން ހާމަވެފައިވާކަމަށް ވެންގަރ ބުންޏެވެ.
މި އަހަރުގެ ވޯލްޑް ކަޕްގެ ކުރިން ކުޅުނު މެޗުތަކުގައި އެ ދުވަހެއްގެ ހޫނުމިނަށް ބަލައި މެޗު ބަލަހައްޓަމުންދާ ރެފްރީއަށް "ހައިޑްރޭޝަން ބްރޭކް"އެއް ދިނުމުގެ ބާރު އޮތެވެ. އަދި ހޫނު ގަދަ ދުވަސްތަކުގައި ފެން ފޮދެއް ބޯލުމަށް ކުޅުންތެރިންނަށް އެ ފުރުސަތު ދެ އެވެ.
އެހެންނަމަވެސް މި ވޯލްޑް ކަޕަށް ހުރިހާ މެޗަކަށް "ހައިޑްރޭޝަން ބްރޭކް" މަޖުބޫރުކުރި ހިސާބުން ކޯޗުންނާއި ކުޅުންތެރިން އަދި ސަޕޯޓަރުންގެ ފާޑުކިޔުން އެކަމަށް އަމާޒުވެފައިވެ އެވެ.
ހާއްސަކޮށް ފިނި ދުވަސްތަކުގައި، ފިނި ހޫނުމިން 16 ނުވަތަ 20 ޑިގްރީ ސެލްސިއަސްގައި ހުރި ދުވަސްތަކުގައި ވެސް "ހައިޑްރޭޝަން ބްރޭކް" ދީފައިވާތީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ.
"ހައިޑްރޭޝަން ބްރޭކް"އަށްފަހު ޓީމުތަކުގެ ކުޅުމަށް ބަދަލު ގެންނަ ކަމަށާއި އެކަން ފާހަގަވާކަމަށް ސަޕޯޓަރުން ބުނެ އެވެ. އެހެންނަމަވެސް މިއިން ކަމަކުން މެޗެއްގެ ނަތީޖާއަށް އަސަރުކޮށްފައިވާ ކަމަށް ނުބެލެވޭކަމަށް ވެންގަރ ބުނެފައިވެ އެވެ.

16 ދުވަސް ކުރިން

25 ދުވަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
4 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން