-8402fff9.png)
އައިޝަތު ހިދާޔާ

ޅ. އޮޅުވެލިފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ " އޮޅުވެލިފުށި ކައުންސިލް ކޮޕާ ރޭމަންސް 2026 " އަންނަ އާދިއްތަ ދުވަހު ފަށަން ހަމަޖެހިއްޖެއެވެ.
މިއީ ވޭތުވެދިޔަ ނުވަ އަހަރު ވެސް ފޯރިގަދަކަމާއެކު ބާއްވާފައިވާ މުބާރާތެކެވެ. ނަމަވެސް މިއަހަރަކީ, އޮޅުވެލިފުށީ ކައުންސިލުން މި މުބާރާތް އިންތިޒާމުކުރާ ފުރަތަމަ އަހަރެވެ.
މި މުބާރާތުގައި މިއަހަރު ޖުމްލަ ހަތަރު ޓީމު ބައިވެރިވިއެވެ. އެއީ ބީޖޭ ސިޓީ, އޮޅު ސިޓީ ފްލަޔާސް އެފްސީ, ޖަންކީސް ޔުނައިޓެޑް އަދި މޮނާކީ އެފްސީއެވެ.
މިއީ މުޅި އަތޮޅުގައި ވެސް ބާއްވާ އެންމެ އަގުބޮޑު އަދި ބޮޑު ފުޓްބޯޅަ މުބާރާތްކަން އޮޅުވެލިފުށު ކައުންސިލުން ފާހަގަކުރެއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 80,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެހެން އަހަރުތަކަށްވުރެ މި މުބާރާތުގެ ކަންކަން ހަރުދަނާކޮށް، ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަން ކައުންސިލުން ފާހަގަކުރިއެވެ.
މެޗުތަކުގެ ސްކޯ އަދި ކައުންސިލް މެޗުތަކުގެ އަޕްޑޭޓް އޮޅުވެލިފުށި ކައުންސިލްގެ ސްކޯ ވެބްސައިޓުން ފެންނާނެއެވެ.
-7df888c0.jpeg)
14 ދުވަސް ކުރިން

16 ދުވަސް ކުރިން

18 ދުވަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

12 މަސް ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން