-8402fff9.png)
ސައިފުﷲ އަލީ

އޮޅުވެލިފުށީ ކައުންސިލް ކޮޕާ ރޭމަންސް 2026 ގެ 3 ވަނަ މެޗުގައި އޮޅު ސިޓީ ފްލަޔާސް އާއި ބީޖޭ ސިޓީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ބީޖޭ ސިޓީގެ ޖޯޒީ ނަންބަރު 27، ކީޕަރު މުޙައްމަދު ނިޒާމް (ޒާމް) އެވެ.
މި މުބާރާތުގައި ވާދަކުރާ ބީޖޭ ސިޓީއަކީ ކޮޕާ ރޭމަންސްގައި މެދުކެނޑުމެއްނެތި ބައިވެރިވަމުން އަންނަ ޓީމެކެވެ. އެ ޓީމުން ވަނީ 2018، 2019 އަދި 2023 ވަނަ އަހަރުގެ މުބާރާތުގެ ރަނަރަޕްކަން ހޯދާފައެވެ.
އޮޅު ސިޓީ ފްލަޔާސްއަކީ 2017 އަދި 2022 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެކެވެ.
މި މުބާރާތުގެ ހުރިހާ މެޗެއް ކައުންސިލް ސުޕޯޓްސް ކުލަބުގެ ޔޫޓިއުބް ޕޭޖު މެދުވެރިކޮށް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.
-7df888c0.jpeg)
14 ދުވަސް ކުރިން

18 ދުވަސް ކުރިން

25 ދުވަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

12 މަސް ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން