-8402fff9.png)
ފާތިމަތު މިޝްކާ
-88e0eff2.jpg)
މާލެ ސިޓީ ކައުންސިލުގެ މެދުރާސްތާގެ ފައިނޭންޝަލް ޕްލޭންގެ ދަށުން، އަމިއްލަ ފަރާތްތަކާ ގުޅިގެން މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެ ކައުންސިލުން ކަނޑައަޅައިފިއެވެ.
ރޭ ބޭއްވި މާލެ ސިޓީ ކައުންސިލްގެ މިއަހަރުގެ ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ހާމަކުރެއްވި ގޮތުގައި، މި ޕްލޭންގައި ހިމެނޭ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ހަމަޖެހިފައިވަނީ ޕްރައިވެޓް ސެކްޓާއަށް އާންމުކޮށް ހުޅުވާލައިގެންނެވެ. މިގޮތުން ރާވާފައިވާ މައިގަނޑު މަޝްރޫއުތަކުގެ ތެރޭގައި ޕާކިން ބިލްޑިން ތަކާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ލަފާފުރާ ގިމަތަތަކާއި، ޕާކުތަކާއި މައިޒާންތަކުގެ އިތުރުން ކޮމާޝަލް ބިލްޑިންތައް ތަރައްގީކުރުން ހިމެނެއެވެ.
ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށްޓަކައި، ކައުންސިލުގެ ބިންތަކާއި އިމާރާތްތައް ކުއްޔަށް ދޫކުރާނެ ބޭސް ރޭޓް ފްރޭމްވޯކެއް އެކުލަވައިލައި ތަންފީޒުކުރުމަށް ވަނީ ނިންމާފައެވެ. އަދި މެދުރާސްތާގެ ފައިނޭންޝަލް ޕްލޭނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކައުންސިލުގައި ޚާއްސަ ރިޒާވް ފަންޑެއް ގާއިމުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ ފަދަ އިންވެސްޓްމަންޓްތައް ކުރުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
އިދާރީ ހިންގުމުގެ ޚަރަދުތައް އަހަރުން އަހަރަށް އިތުރުވަމުންދާތީ، އެކަން ހައްލުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ވަނީ ރާވާފައެވެ. އެގޮތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމަށާއި، ކައުންސިލުގެ މަސައްކަތްތައް "ޑިޖިޓަލް-ފަސްޓް" ސިޔާސަތެއްގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ހަމައެހެންމެ، ކުއްޔަށް ހިފައިގެން އުޅޭ އިމާރާތްތައް ދޫކޮށްލުމަށްފަހު އިދާރީ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނައުމަށާއި، ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކޮށް ބަލްކް ޕާޗޭސިން މެދުވެރިކޮށް ތަކެތި ހޯދައިގެން ޚަރަދުތައް ކުޑަކުރުމަކީ ވެސް މި ޕްލޭންގެ މުހިންމު ބައެކެވެ.
-61a2a9dd.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-fa41261d.jpg)
4 މަސް ކުރިން