-8402fff9.png)
މިންހާ އަބްދުالله
ބަންގްލަދޭޝްގެ ގިނަ ބަޔަކު އާޖެންޓީނާއަށް ސަޕޯޓުކުރޭ
ވޯލްޑްކަޕްގެ ފޯރީގައި ހިނގައިދިޔަ ބައެއް ކަންތައްތަކުގައި ބަންގްލަދޭޝްގައި 10 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
މީގެ ތެރޭގައި ހިނގި ދެބަސްވުންތަކުގައި އެކަނކު އަނެކަކަށް ހަމަލާ ދިނުމުގެ ތެރޭގައި މަރުވި މީހުންނާއި ދިދަ ހަރުކުރުން ފަދަ ކަންކަމުގައި އުޅެނިކޮށް މަރުވި މީހުންވެސް ހިމެނެ އެވެ. އަދި މިފަދަ ކަންކަމުގެ ތެރެއިން 45 މީހަކަށް އަނިޔާވެ ހޮސްޕިޓަލުތަކުގައި ފަރުވާ ދީފައިވާމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.
މިއީ އެކި ދުވަސްމަތިން އަދި އެކި ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި މަރުވެފައިވާ މީހުންގެ އަދަދެވެ. ގަސްތުގައި ހަމަލާދީގެން މަރާލާފައިވާ މީހުންގެ ތެރޭގައި 20 އަހަރުން ދަށުގެ ކުޑަ ކުއްޖަކާއި 35 އަހަރުގެ މީހަކު ވެސް ހިމެނެ އެވެ.
މީގެ އިތުރުން ސަޕޯޓުކުރާ ޓީމުގެ ދިދަ ހަރުކުރަން އުޅުމުގެ ތެރޭގައި މަރުވި މީހުންވެސް ހިމެނެ އެވެ. މިއިން އެކަކު މަރުވިީ ދިދަ ހަރުކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެންކަމަށް ރިޕޯޓު ކުރެ އެވެ.
ބަންގްލަދޭޝްގެ ޕޮލިސް ސްޓޭޝަނެއްގެ އިސް އޮފިސަރަކާ ހަވާލާދީ މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން މިފަދަ ކުދި ކުދި ކަންކަމުގައި ގަސްތުގައި މީހުންނަށް ހަމާލާދީ މަރާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި މިކަން ކުރި މީހުން ވަގުތުން ހައްޔަރުކޮށް އަދަބު ދޭންޖެހޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
މިފަދަ ހާދިސާތަކާއި ގުޅިގެން އާންމު ސަރަހައްދުތަކުގައި ބަހައްޓާފައި ހުންނަ ބޮޑެތި ސްކްރީންތައް ކައިރީގައި ސެކިޔުރިޓީ އިތުރަށް ވަރުގަދަކުރާނެ ކަމަށް ކަމާއިބެހޭ އިދާރާތަކުން ހާމަކޮށްފައިވެ އެވެ.
ބަންގްލަދޭޝްއަކީ ވޯލްޑް ކަޕްއަށް ކޮލިފައިނުވާ ގައުމަކަށްވީ ނަމަވެސް އެގައުމުގެ ރައްޔިތުން ވޯލްޑް ކަޕް ބަލައި ސަޕޯޓުކޮށް ހަދަނީ އަމިއްލަ ގައުމަށް ސަޕޯޓު ކުރާ ފަދައިންނެވެ. އެ ގައުމުގެ ރައްޔިތުން އެންމެ ގިނައިން ސަޕޯޓު ކުރާ ޓީމުތަކުގެ ތެރޭގައި ހިމެނެނީ އާޖެންޓީނާ އަދި ބްރެޒިލް އެވެ.
ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީންވެސް އާޖެންޓީނާއަށް ސަޕޯޓުކުރާކަން އަބަދުވެސް ފާހަގަކުރެވެ އެވެ. އެ މީހުންގެ ތެރެއިން ގިނަ ބަޔަކު މެޗު ބަލަން ތިބެނީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އަދި އާޖެންޓީނާގެ ކެޕްޓަން "މެސީ"ގެ ނަން ޖެހި ޖާޒީ ލައިގެންނެވެ.
އާޖެންޓީނާ މޮޅުވާ ކޮންމެ މެޗަކަށް ފަހު ރާއްޖޭގައިވެސް އެ މީހުން މަގުމަތީ އުފާ ފާޅުކޮށް ހަދަ އެވެ. 2022 ވަނަ އަހަރު އާޖެންޓީނާ ވޯލްޑް ކަޕްގެ ތަށި އުފުލާލުމުން ވެސް ރާއްޖޭގައި އެންމެ ބޮޑަށް އުފާ ފާޅު ކުރީ މި ގައުމުގައި މަސައްކަތްކުރާ ބިދޭސީންނެވެ.

4 މަސް ކުރިން

4 މަސް ކުރިން
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން