-8402fff9.png)
އައިޝަތު ހިދާޔާ

މިއަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރާ ޓީމުގެ ކުޅުންތެރިނަށް ޗެމްޕިއަންޝިޕް ރިންގްގެ ނަމުގައި އަނގޮޓިއެއް ދިނުމަށް ފީފާއިން ނިންމައިފިއެވެ.
ވޯލްޑްކަޕްގެ ފައިނަލް މެޗު ކުޅޭނީ މާދަމާ އެމެރިކާގެ ނިއުޔޯކް ނިއުޖާޒީ ސްޓޭޑިއަމްގައެވެ. މި މެޗުގައި ބައްދަލުކުރަނީ އެންމެ ފަހުން ވޯލްޑްކަޕް ކާމިޔާބުކުރި އާޖެންޓީނާ އާއި ސްޕެއިންއެވެ.
ވޯލްޑްކަޕް ކާމިޔާބުކުރާ ޓީމަށް މީގެކުރިން ދެމުންއައީ ވޯލްޑްކަޕް ޓްރޮފީއާއި ރަން މެޑަލެވެ. މުބާރާތް ކާމިޔާބުކުރާ ކުޅުންތެރިންނަށް އަނގޮޓިއެއް ދޭން ފީފާއިން ނިންމި މިއީ ފުރަތަމަ ފަހަރެވެ. ޗެމްޕިއަނުންނަށް އަނގޮޓި ދިނުމަކީ މިއަހަރުގެ ވޯލްޑްކަޕް ބާއްވާ ގައުމުތަކުގެ ތެރެއިން ގައުމެއްކަމަށްވާ އެމެރިކާގެ ކުޅިވަރު ސަގާފަތުގައި ހިމެނޭ ކަމެކެވެ.
މިކަމާ ގުޅިގެން ފީފާއިން ބުނީ, މިއީ މިއަހަރުގެ ވޯލްޑްކަޕަށް ހާއްސަކޮށް އުފައްދާ އަނގޮޓިތަކެއް ކަމަށެވެ. އަދި މި އަނގޮޓި އުފައްދާނީ ވަކި އަދަދަކަށް ކަމަށް ފީފާއިން ބުންޏެވެ. އޭގެތެރެއިން މުބާރާތް ކާމިޔާބުކުރާ ޓީމުގެ ކުޅުންތެރިންނަށް ހަދިޔާކުރުމަށް ކަނޑައަޅާފައި ވަނީ 30 އަނގޮޓިއެވެ. އަދި ފީފާގެ އުފެއްދުމެއްގެ ގޮތުގައި 1996 އަނގޮޓި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ވިއްކަން ހަމަޖެހިފައި ވާކަމަށް ފީފާއިން ބުންޏެވެ.
މި އަނގޮޓީގެ އެއްފަރާތުން ފެންނަނީ ވޯލްޑްކަޕް ޓްރޮފީއެވެ. އަނެއްފަރާތުން ފެންނާނީ މޮޅުވާ ޓީމު ރަމްޒުކޮށްދޭ ނިޝާނެކެވެ. މި އަނގޮޓި އިންނަނީ ރަން ކުލައިގައެވެ. އަނގޮޓީގެ މަތީގައި "ފީފާ ވޯލްޑްކަޕް 2026 ޗެމްޕިއަން" ޖަހައިފައި ވެއެވެ.
މި މުބާރާތް ނިމުމުން މޮޅުވާ ޓީމުގެ ކުޅުންތެރިންނަށް ރަމްޒީ އަނގޮޓިއެއް ހަވާލުކުރާނެއެވެ. ނަމަވެސް, ރަސްމީ އަނގޮޓު ހަވާލުކުރާނީ ފަހުންކަމަށް ފީފާއިން ބުންޏެވެ.

4 މަސް ކުރިން
4 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން