-8402fff9.png)
އައިޝަތު ހިދާޔާ

ރާއްޖެއާއި އިންޑިއާއާ ދެމެދުގާއިމްކުރަން މަޝްވަރާކުރާ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ)ގެ ސަބަބުން ރާއްޖޭގެ މެރިޓައިމް ސިނާއަތަށް ވެސް ގިނަ ފުރުސަތުތަކެއް ފަހިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ވިޔަފާރި މިނިސްޓަރު ޕިޔޫޝް ގޯޔަލްއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު އިންޑިއާގެ ވިއޮން ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ, ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ. އަދި އިންޑިއާގެ ނިއު ދިއްލީ, ބެންގަލޫރު އަދި މުމްބާއީގައި ދެގައުމުން ބޭއްވި ބިޒްނަސް ފޯރަމަށްފަހު ދެ ގައުމުގެ ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގެ ގުޅުން ހަރުދަނާ ކުރެވި އިންވެސްޓްމަންޓުތަކަށް އާ ދޮރުތަކެއް ހުޅުވުނުކަން މިނިސްޓަރު ފާހަގަކުރައްވާފައި ވެއެވެ.
އިންޑިއާއާއި ރާއްޖެއާ ދެމެދު އެއްބަސްވުމަކަށް އައުމަށް މަޝްވަރާ ކުރަމުންދާ އެފްޓީއޭގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް, ހާއްސަކޮށް ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އަވަހަށް ފުޅާވަމުންދާ މާކެޓުތަކަށް ވަނުމުގެ ފުރުސަތު ލިބޭނެކަން ސައީދު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވާދަވެރިވެ، އާ މާކެޓްތަކަށް ފުޅާވެ، ސަރަހައްދީ ވެލިއު ޗޭންތަކާ މާ ފައިދާހުރި ގޮތެއްގައި އިންޓަގްރޭޓް ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އިންޑިއާއާއެކު މަޝްވަރާތައް ނިމިފައިވާ ބައިލިޓެރަލް އިންވެސްޓްމަންޓް ޓްރީޓީ (ބީއައިޓީ)ގެ ސަބަބުން ވެސް މި މަސައްކަތަށް އިތުރު ބާރެއް ލިބޭބެކަމަށް ސައީދު ވިދާޅުވިއެވެ.
"މިއީ ޓޫރިޒަމް، ލޮޖިސްޓިކްސް، ހެލްތްކެއާ، އެޑިއުކޭޝަން، އިއާދަކުރަނިވި ހަކަތަ، އަދި ޑިޖިޓަލް އިގްތިސާދު ފަދަ އިސްކަންދޭ ދާއިރާތަކަށް އިންޑިއާގެ އިންވެސްޓްމަންޓް އިތުރުކުރުމަށް ހިތްވަރު ލިބޭއިރު އިންވެސްޓަރުންނަށް އިތުރު އިތުބާރެއް ލިބިގެންދާނެ ކަމެކެވެ. މިފަދަ އިންވެސްޓްމަންޓްތަކުގެ ސަބަބުން ވަޒީފާ އުފެއްދުމާއި، ޓެކްނޮލޮޖީ ޓްރާންސްފާ ކުރުމަށް މަގުފަހިވެ، ހުނަރު ތަރައްޤީކުރުމަށް އެހީތެރިވޭ," ސައީދު ވިދާޅުވިއެވެ.
ފްރީ ޓްރޭޑް އެގްރީމަންޓުގެ ސަބަބުން ކަސްޓަމްސްގެ މަރުހަލާތައް ލުއިވާނެކަން ވެސް ސައީދު ފާހަގަކުރެއްވިއެވެ. އަދި ވިޔަފާރި ކުރުމުގެ ހަރަދު ކުޑަވެ، ސަޕްލައި ޗެއިންހަރުދަނާ ކުރެވި، ވިޔަފާރިއާއި އިންވެސްޓްމަންޓަށް ފަސޭހަ މާހައުލެއް އުފެއްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މި އެއްބަސްވުންތަކުގެ ސަބަބުން އިންޑިއާގެ ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށް ވެސް ބޮޑު ފުރުސަތުތަކެއް ފަހިވާކަމަށެވެ. އަދި އިންޑިއާއާއެކު އޮތް އިގްތިސާދީ ގުޅުން މި އެއްބަސްވުމުގެ ސަބަބުން ހަރުދަނާ ވާނެކަމަށް ސައީދު ވިދާޅުވިއެވެ.
އިންޑިއާއާއި ރާއްޖެއާ ދެމެދު އެފްޓީއޭގެ އެއްބަސްވުންތައް ފަށަން ނިންމައި އެކަން އިއުލާނުކުރީ 2024ވަނަ އަހަރު ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ.

16 ދުވަސް ކުރިން
-709fea65.jpeg)
29 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-2c8cdf4b.png)
2 މަސް ކުރިން
2 މަސް ކުރިން

3 މަސް ކުރިން