-8402fff9.png)
ފާތިމަތު މިޝްކާ
-30455362.jpg)
ވިލިމާލޭގެ ޕާކެއްގައި ހުރި ބޮޑު ނިކަގަހެއް ކަނޑާލި ބަޔަކު ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ އެ ގަސް ކަނޑާލުމުގައި އެ ކައުންސިލްގެ އެއްވެސް ބައިވެރިވުމެއް ނުވާނެ ކަމަށެވެ. މީސްމީޑިއާގައި އާންމު މީހަކު ހިއްސާކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކާ ގުޅިގެން އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދެމުން ކައުންސިލުން ބުނީ، އެ އަމަލު ހިންގި ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މިއީ ކޮން ބަޔަކު ކޮން މަގުސަދެއްގައި ކުރި ކަމެއްކަން އަދި ސާފެއް ނުވެއެވެ.
ގަސް ކަނޑާލި ސަރަހައްދުގެ މަންޒަރުތަކުން ފެންނަ ގޮތުގައި، އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ރޭވުންތެރިކަމާއެކުގައެވެ. މަގު ބަންދުކުރުމަށް ސިޓީ ކައުންސިލުން ހުއްދަ ދީފައިވާކަން އަންގައިދޭ ބޯޑެއް އެ ތަނުގައި ބަހައްޓާފައި ހުރިކަން ފޮޓޯތަކުން ފެންނަން ހުއްޓެވެ. މީގެ އިތުރުން، އާންމުކޮށް ފުލުހުން ބޭނުންކުރާ ރީނދޫ ކުލައިގެ ޓޭޕް ދަމައި، މަގު ބަންދުކުރުމަށް ކޯން ވެސް ބަހައްޓައިގެން އެ ސަރަހައްދު އޮތީ ބަންދުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައިވަނީ، ގަސް ކެނޑުމުގެ އަމަލީ މަސައްކަތުގައި ވެމްކޯގެ މުވައްޒަފުންތަކެއް ހަރަކާތްތެރިވާ މަންޒަރު ފެންނާތީއެވެ. މިކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އިތުރު ތަހުގީގުތަކެއް ކުރަމުންދާއިރު، މި މައްސަލައިގެ ހަގީގަތް ހޯދައި އާންމުންނަށް ހާމަކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން
-125b775b.jpeg)
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން