-8402fff9.png)
މިންހާ އަބްދުالله

ފެނަކަ -- ފޮޓޯ/ އަވަސް
ހާއްސަ އެހީއަށް ބޭނުންވާ މީހަކު ފެނަކައިގެ ވަޒީފާއިން ވަކިވުމަށް އެންގި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ސޯޝަލް މީޑިޔާގައި މި ވާހަކަ ހިއްސާކުރައްވަމުން މީގެ ކުރިން ޖެންޑަރ މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ އިފްހާމް ހުސެއިން ވިދާޅުވީ ފެނަކައިގެ ވަޒީފާއިން ވަކިކޮށްފައިވަނީ އުތުރުގެ ރަށަކަށް ނިސްބަތްވާ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށެވެ.
އެއީ ޖެންޑަރ މިނިސްޓްރީއިން ދޭ ރިވެލި އެވޯޑު ވެސް ހާސިލުކޮށްފައިވާ މީހެއްކަމަށް އިފްހާމް ވިދާޅުވެފައިވެ އެވެ. އަދި އޭނާއަށް ވަޒީފާ ލިބިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ފެނަކަ ކޯޕަރޭޝަންގެ ރަށު އޮފީހުން ކަމަށް ވިދާޅުވެފައިވެ އެވެ.
އެހެންނަމަވެސް، ރަށު ތެރޭގައި ކުރިމަތިވި ބުލީކުރުމުގެ މައްސަލަތަކުގެ ސަބަބުން ނަފްސާނީ ހާލަތު އިންތިހާއަށް ގޯސްވާން ފެށުމުން އެކަމަށް ބޭނުންވާ ފަރުވާ ހޯދުމަށް މާލެއަށް ދިރިއުޅުން ބަދަލުކުރަން މަޖުބޫރުވިކަމަށް ހިއްސާކޮށްފައިވެ އެވެ. އެއާއެކު އޭނާގެ ވަޒީފާ މާލެއަށް ބަދަލުކޮށްދިނުމަށް އެދުނު ކަމަށާއި އެހެންނަމަވެސް މާލޭ އޮފީހުގައި ޖާގަ ނެތް ކަމަށް ބުނެ ވަކިކުރުމަށް އަންގާފައިވާކަމަށް އިފްހާމް ތުހުމަތު ކުރައްވާފައިވެ އެވެ.
"4 މަހުގެ މުސާރަ ދިނުމަށްފަހު ވަޒީފާއިން ވަކިވުމަށް ވަނީ އަންގާފައި، މިއީ އެކަނިވެރި މައެއްގެ ގޮތުގައި ދަރިފުޅު ބަލަހައްޓަމުންދާ އެ މަންމައަށް ލިބުނު ބަރުދާސްނުކުރެވޭވަރުގެ ބޮޑު މާޔޫސްކަމެއް. މިއަދުވެސް އެ މަންމަ ޖެންޑަރ މިނިސްޓްރީގައި އާދޭސްކުރަމުން އެދަނީ ނުކުޅެދުންތެރިކަން ހުންނަ އޭނަގެ ދަރިފުޅު ބިކަވިޔަނުދީ، އެ ފަރާތައް ވަޒީފާގެ ފުރުސަތެއް ހޯދައިދިނުމަށް" އިފްހާމް ވިދާޅުވި އެވެ.
ސިޔާސީ ބޭނުންތަކަށްޓަކައި ފެނަކައިން އެތައް ހާސް މުވައްޒަފުންނަކަށް ނިމިދިޔަ މަޖިލިސް އިންތިހާބުގައި އަދި ކައުންސިލް އިންތިޚާބުގައި ވަޒީފާތައް ދީފައިވާއިރު މިފަދަ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތެއްގެ ވަޒީފާ ޖާގަނެތް ކަމަށްބުނެ ބަދަލުކޮށްނުދީ ވަޒީފާއިން ވަޒީފާއިން ވަކިކުރުމަށް މަސައްކަތްކުރުމަށް އެންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އިފްހާމް ލިޔުއްވި އެވެ.
މިފަދަ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކައް އިހުމާލުނުވެ ވަޒީފާގެ ފުރުސަތު އަލުން ހަމަޖައްސައިދިނުމަށް އިފްހާމް ވަނީ ސަރުކާރަށް ގޮވައިލާފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށްޓަކައި މުވައްޒަފުންގެ އަދަދުން 33 އިންސައްތަ މަދުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރުގެ ކުންފުނިތަކަށް އެންގުމުން ގިނަ ބަޔަކު އަންނަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.
ޕީސީބީގެ މި އެންގުމާއެކު، ފެނަކަ ކޯޕަރޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ފަދަ މުވައްޒަފުން ގިނަ ކުންފުނިތަކުން ވަނީ މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ހިތްވަރުދިނުމުގެ ގޮތުން ޚާއްސަ ޕެކޭޖުތަކެއް ހުށަހަޅާފައެވެ. ސަރުކާރުން މި ފިޔަވަޅުތައް އަޅަން ފަށާފައިމިވަނީ، މިދިޔަ އޭޕްރިލް މަހު ބޭއްވި އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާކަމުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން