-8402fff9.png)
މިންހާ އަބްދުالله
އެޗްއާރްސީއެމްގެ ރައީސާ އަދި ބައެއް މެމްބަރުން
ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަންމަގެ ނުރުހުމުގައި ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނާ މައްސަލައިގައި މިހާރު ކުރިއަށް ދަނީ ހެކިތައް ދިރާސާ ކުރުމުގެ މަސައްކަތް ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ބުނެފި އެވެ.
އެޗްއާރްސީއެމްއިން ބުނީ މިހާރު ކުރިޔަށްދަނީ ހެކިތަކާ ގަރީނާ ތަކުގެ ދިރާސީ މަސައްކަތްތައް ކަމަށެވެ. އަދި ތަޙްގީގް ފުރިހަމަ ކުރުމަށް ބޭނުންވާ އިތުރު ހެއްކާ މައުލޫމާތު ހޯދުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.
ތަޙުޤީޤުގެ ބޭނުމަށް، މައްސަލައާ ގުޅުންހުރި އެންމެހައި މުއައްސަސާތަކާއި، ހައްގު ގެއްލުނުކަމަށް ބުނާ ފަރާތާއި މައްސަލައާ ގުޅުންހުރި އެހެނިހެން ފަރުދުންގެ ފަރާތުން ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން ކޮމިޝަނުން ބުނެފައިވެ އެވެ.
މައްސަލާގައި ހިމެނޭ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުން އިއްޔެ އާންމުކުރި ބަޔާނުގައި ތަހުގީގަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ނާޖއިޒު ފައިދާއެއް ހޯދުމަށް ދޮގު ހަބަރުތައް ފަތުރަމުންދާ ކަމަށާއި އިތުބާރުހުރި މުއައްސަސާތަކުން ހާމަކުރާ މައުލޫމާތުތަކަށް ބަރޯސާވުމަށް އިލްތިމާސްކޮށްފައިވެ އެވެ.
އެ ހޮސްޕިޓަލުގެ ސީއީއޯއަށް އިންޒާރު ދެމުން އަންނާތީ އެކަން ވެސް އެ ހޮސްޕިޓަލުން ކުށްވެރިކޮށްފައިވެ އެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން