-8402fff9.png)
މިންހާ އަބްދުالله

ދައުލަތަށް ކުއްޖާ ނެގި މައްސަލާގައި ނާޖައިޒު ފައިދާ ހޯދުމަށް ދޮގު ތުހުމަތުތައްކޮށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސީއީއޯ ނާޒިމާ އަލީއަށް އިންޒާރުދީފައިވާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އެ ހޮސްޕިޓަލުން ފާޅުކޮށްފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވިހެއި ކުއްޖަކު، ކުއްޖާގެ މަންމައަށް ނޭންގި ދައުލަތަށް ނަގައި އެހެން އާއިލާއަކަށް ކުއްޖާ ހަވާލުކޮށްފައިވާތީ ކުއްޖާގެ މަންމަ ސޯޝަލް މީޑިޔާގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި ގިނަ ބަޔަކު ކުއްޖާގެ މަންމައާ ކުއްޖާ ހަވާލުކުރުމަށް ގޮވާލައި މިކަމުގައި އިންސާފު ހޯދައިދިނުމަށް ގޮވާލަމުން ދާކަން ފާހަގަކޮށްލެވެ އެވެ.
ކުއްޖާގެ މަންމައަކީ އެއް އަތުގައި ނުކުޅެދުންތެރިކަން ހުންނަ އަދި ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދާފައިވާ މީހެއްކަން އޭނާ އަމިއްލައަށް ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވެ އެވެ. އޭނާގެ އަތުން ކުއްޖާ ނަގައި އެހެން އާއިލާއަކަށް ކުއްޖާ ހަވާލުކޮށްފައިވަނީ ކުއްޖާ ބެލޭނެ ގާބިލުކަން މާލީގޮތުންވެސް ނެތުމުންކަމަށް އާއިލާއާ ބެހޭ ވުޒާރާއިން ކުއްޖާގެ މަންމައަށް އަންގާފައިވާކަމަށް އޭނާ ކިޔައިދީފައިވެ އެވެ.
މިއިން އެއްވެސް ސަބަބަކާ ލައިގެން ވެސް ކުއްޖާގެ މަންމައަށް އެނގުމަކާއި ނުލައި އެހެން އާއިލާއަކާ ކުއްޖާ ހަވާލުނުކުރެވޭނެކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި ހިޔާލު ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައަކީ ހިޔުމަން ރައިޓްސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކަށް ވާތީ އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ފޯރުކޮށްދޭންޖެހޭ ހުރިހާ މައުލޫމާތެއް ހޮސްޕިޓަލުން ފޯރުކޮށްދޭނެ ކަމަށެވެ.
ސޯޝަލް މީޑިޔާގައި އެއްވެސް ހަގީގަތެއް ބެލުމެއްނެތި ފަތުރަމުންދާ ދޮގު ވާހަކަތަކާއި އަޑުތަކަކީ އެކަމުގެ ނާޖައިޒު ފައިދާއެއް ހޯދުމަށް ބަޔަކު ކުރާ މަސައްކަތެއް ކުރާ ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.
"ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި، އަސާސީ ހައްގުތަކަށް އަރައިގަނެފައިވާ ކަމަށް ކުރެވޭ މިފަދަ ނާޒުކު ތުހުމަތުތަކަކީ ހަމައެކަނި ގާނޫނީ އަދި ތަހުގީގީ އިދާރާތަކުގެ ތެރެއިން ބަލައި ހައްލުކުރަންޖެހޭ ކަންކަން،" ހޮސްޕިޓަލުން އާންމު ކުރި ބަޔާނުގައިވެ އެވެ.
ހޮސްޕިޓަލުގެ ސީއީއޯ، ނާޒިމާއަށް އަމާޒުކޮށް ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި އިންޒާރުދީ، ބަދުބަސް ބުނެ، ނޭދެވޭ އަދި ބޭއަދަބީ މެސެޖުތައް ފޮނުވަމުންދާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ރިޝްވަތު ނެގިކަމުގެ ތުހުމަތުތައް ކުރަމުން ގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިންޒާރު ދިނުމާއި ބިރުދެއްކުމުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، އަސްލެއް ނެތް އަޑުތަކާއި ސާބިތު ނުހިފޭ ވާހަކަތަކަށް ބުރަނުވެ، ރަސްމީ އިދާރާތަކުން ހާމަކުރާ ސައްހަ މައުލޫމާތަށް ބަރޯސާވުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފައިވެ އެވެ.

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން
3 މަސް ކުރިން

4 މަސް ކުރިން
-61be376e.jpg)
5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން