-8402fff9.png)
އައިޝަތު ހިދާޔާ

މިނިސްޓަރު ސައީދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި / ފޮޓޯ: މަޖިލިސް އިދާރާ
މިނިސްޓާ އޮފް އިކޮނޮމިކް ޓްރާންސްޕޯޓް އެންޑް ޓްރޭޑް, މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވަނީ މިއީ, އިކޮނޮމިކް މިިނިސްޓަރު ސައީދު ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ, ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމުގެ ވާޖިބު އަދާކުރުމުގައި އިހުމާލު ވުމުގެ އިތުރުން, ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ކުރުން މަނާ އަމަލުތަކެއް ހިންގާފައިވާތީ މިނިސްޓަރުގެ މައްޗަށް މަޖިލިސް މެމްބަރުންގެ އިތުބާރު ގެއްލިފައިވާތީ އޭނާ މަގާމުން ވަކިކުރުމަށް ހުށަހަޅާ މައްސަލައެއް ކަމަށެވެ.
މިނިސްޓަރުގެ މަސްއޫލިއްޔަތުތަކަށް އިހުމާލުވިކަމަށް ބުނެ, ފަސް ކަމެއް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ. އޭގެތެރޭގައި އެންމެ ފުރަތަމަ ކަމަކަށް ފާހަގަކޮށްފައި ވަނީ, ބޭރު ފައިސާގެ ބާޒާރުގައި ޑޮލަރު ލިބުން ދަތިވެ, ކަޅު ބަޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައި ވުމެވެ. މި ހާލަތުގައި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި މިއީ "ތަބީއީ" ކަމެއް ކަމަށް ވިދާޅުވެ މިކަމުގެ ސީރިއަސްކަން ކަނޑުވާލާފައި ވާކަމަށް މި މައްސަލައިގައި ވެއެވެ. އަދި މާލޭ ވިޔަފާރި ބަނދަރު ތޮއްޖެހި މުދާ ހުސްކުރުމުގައި ލަސްވެ ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދާކަމަށް ވެސް މި މައްސަލައިގައި ވެއެވެ.
ރާއްޖޭގެ މާލީ ހާލަތު ނާޒުކުވެފައިވާ ދަނޑިވަޅެއްގައި އެކި އިންވެސްޓާ ފޯތަމްތަކަށް ރާއްޖެއިން ގިނަ އަދަދެއްގެ ފައިސާ ޚަރަދުކޮށްފައި ވީނަމަވެސް, މި ފޯރަމްތަކާިއ ރަސްމިއްޔާތުތަކުން ރާއްޖެއަށް ވަތް އިންވެސްޓްމަންޓެއްގެ ތަފުސީލު ހާމަކޮށްފައި ނުވާއިރު, މިކަންކަމަށް ހިނގި ޚަރަދުވެސް ހާމަކޮށްފައި ނުވާކަން ވެސް މި މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ.
"2024ވަނަ އަހަރު ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވައި ޚިދުމަތްދޭން ފަށާނެކަމަށް މިނިސްޓަރު ވައުދުވެވަޑައިގަތަސް, މިއަދާ ހަމައަށް އެއްވެސް އޮޕަރޭޝަނެއް ނުފެށި މާރިޗު 2025އާ ހަމައަށް 6.56 މިލިއަން ރުފިޔާ އެ ބޭންކަށް ހޭދަކޮށްފައިވާއިރު މިއީ ދައުލަތުގެ ފައިސާ އިސްރާފު ކުރުމުގެ މިސާލެކެވެ," އެ މައްސަލައިގައި ވެއެވެ.
މިއީ ގާނޫނު އަސާސީއާ ޚިލާފު އަމަލެއްކަން ފާހަގަކޮށް އެ މައްސަލައިގައި ވަނީ, މަޖިލީހަށް ޖަވާބުދާރީވުމަށް ހާޒިރުކުރުމުން ކުރާ ސުވާލަށް ސީދާ ޖަވާބުދެއްވުމުގެ ބަދަލުގައި ސުވާލާ ނުގުޅޭ ސިޔާސީ ވާހަކަތައް ދައްކަވައި މަސްއޫލިއްޔަތުން މިނިސްޓަރު ރެކިވަޑައިގެންފައި ވާކަމަށެވެ. އަދި ސުވާލު ކުރުމުން ތެދުބަހުން ޖަވާބު ދިނުމުގެ ބަދަލުގައި ސުވާލުކުރައްވާ މެމްބަރުގެ ސިޔާސީ ފިކުރަށް ހަމަލާދީ, ހަގީގަތް އޮޅުވައިލަން ވެސް މަސައްކަތް ކުރާކަމަށް މި މައްސަލައިގައި ވެއެވެ.
"މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚިދުމަތްދޭ ބިޒްނަސް ސެންޓަރު ބަންދުކޮށް, އެ ދާއިރާގެ ކުރިއެރުމަށް ހުރަސްއަޅައި, ކާމިޔާބުކަމާއެކު ހިންގަމުންދިޔަ އެސްޑީއެފްސީގެ މަސައްކަތް މިނިސްޓަރުގެ އިހުމާލުން މަޑުޖެހި, އެންމެ ފަހުން ބޭންކް އޮފް މޯލްޑިވްސްއާ އެއްކޮށްލުމަށް ނިންމުމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުމަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައި,"އެ މައްސަލައިގައި ވެއެވެ.
މީގެއިތުރުން, ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނަށް އިސްލާހު ގެނެސް, "ޓައުންޝިޕް"ގެ މަފްހޫމު ތައާރަފުކޮށް, ދައުލަތުގެ ބާރު ކެނޑޭގޮތަށް ރައްޖޭގެ ސަރަހައްދުތަކެއް ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށް, މި ސަރަހައްދުތަކުގެ ވެރިންނަށް ޓެކުހުން ބޮޑެތި ލުއިތަކެއް ދީފައި ވާކަމަށް ވެސް މި މައްސަލައިގައި ވެއެވެ.
ރާއްޖޭގެ އިގްތިސާދީ މަލަމަތި ބަދަލުކޮށްލާނެކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ސަރުކާރުގެ ފަރާތުން ގިނަ މަޝްރޫއުތަކެއް ވެސް އިއުލާނުކުރާއްވާކަން ފާހަގަކޮށްފައި ވެއެވެ. ނަމަވެސް, މީގެތެރެއިން ގިނަ މަޝްރޫއުތައް ހުއްޓިފައި ވާކަމަށް މި މައްސަލައިގައި ވެއެވެ. އޭގެތެރޭގައި:
މި މައްސަލަތައް ފާހަގަކޮށް މިނިސްޓަރު ސައިދުގެ އިތުބަރު ނެތްކަމުގެ ވޯޓު ނަގަން މަޖިލީހަށް ހުށަހަޅައިފައި ވަނީ 13 މެމްބަރުންގެ ސޮޔާއެކުއެވެ.
އެއީ:

16 ދުވަސް ކުރިން
-709fea65.jpeg)
29 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-2c8cdf4b.png)
2 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން