-8402fff9.png)
ސައިފުﷲ އަލީ

ޅ. ނައިފަރުގައި އެމްއެންޔޫގެ ކެމްޕަހެއް އެޅުމަށް ސޮއިކުރުން --
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ޅ. ނައިފަރުގައި އެ ޔުނިވަރސިޓީގެ އައު ކެމްޕަހެއް ތަރައްޤީކުރުމުގެ އެއްބަސްވުމެއް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާ އެކު އިއްޔް ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ. އަދި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރައްޒާނެވެ.
ނައިފަރު ކެމްޕަސް ތަރައްޤީކުރުމަކީ ރާއްޖޭގެ ހުރިހާ އަތޮޅުތަކުގެ ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލުކުރުމުގައި ދިމާވާ ދިގުދެމިފައިވާ ގޮންޖެހުންތަކަށް ލުއިދިނުމަށް އެޅޭ ބޮޑު ފިޔަވަޅެއް ކަމަށް އެމްއެންޔޫއިން ބުނެއެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބި، އެމީހުންގެ ހުނަރުތައް ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެއެވެ. އެމްއެންޔޫއިން ވިދާޅުވީ މިއީ ޤައުމީ ފެންވަރުގައި ތަޢުލީމާއި ހުނަރު ތަރައްޤީކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
ޔުނިވަރސިޓީން ވަނީ މި މަޝްރޫޢުގެ ސަބަބުން ނައިފަރަށާއި، އަދި މުޅި ޤައުމަށް ވެސް އިޖުތިމާޢީ، އިޤްތިޞާދީ އަދި ތިމާވެށީގެ ގޮތުން ފުޅާ ދާއިރާއެއްގައި ފައިދާ ކުރާނެކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން މިއީ ތަޢުލީމީ ޚިދުމަތްތައް ލާމަރުކަޒީކޮށް، ތަޢުލީމީ ފެންވަރު މަތިކުރުމުގެ ތެރެއިން ސަރަޙައްދީ ތަރައްޤީއަށް އެމްއެންޔޫއިން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން