-8402fff9.png)

ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބޭ މީހުން ތެރެއިން 500 އަށްވުރެ ގިނަ މީހުންނަށް ބިން ހަވާލުކޮށްފި އެވެ.
ބިނާރާއި ގެދޮރޮވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އިއްޔެގެ ނިޔަލަށް 560 މީހުންނަށް ފޭސް 3އިން ބިން ހަވާލުކޮށްފައިވެ އެވެ. އެއީ ގޯތި ލިބުނު މީހުންގެ 80 އިންސައްތަ މީހުންނެވެ.
ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭންއަށް ބަދަލު އައުމުގެ ސަބަބުން 698 މީހަކަށް ގޯތި ލިބޭ ސަރަހައްދަށް ބަދަލު ގެންނަން ޖެހުނެވެ. އެ މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތް ފެށީ މި އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ގޮތުގައި އެ ސަރަހައްދުން 63 ހެކްޓަރު ހިއްކައި ގޯތި ލިބުނު މީހުންނަށް ބިން ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން

5 މަސް ކުރިން
-e2c2a041.jpg)
5 މަސް ކުރިން

6 މަސް ކުރިން