-8402fff9.png)
ސައިފުﷲ އަލީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް މާލޭގެ 14 ބިމެއް ސަރުކާރުގެ ދަަށަށް ބަދަލުކޮށްފިއެވެ.
މި ނިންމުމަކީ މާލެ ސިޓީގެ އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް އާންމު ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ.
ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރެވޭ ބިންތަކުގެ ތެރޭގައި މާލޭގެ މުހިންމު ސަރަހައްދުތަކެއް ހިމެނެއެވެ. އެގޮތުން ސަލްޓަން ޕާކާއި މިއުޒިއަމް ސަރަހައްދު ދައުލަތަށް ނަގައި، އެ ތަނުގައި އީ-ސްޕޯޓްސް އެރީނާއަކާއި މިއުޒިއަމް ޕާކެއް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.
މާލޭގެ މަސް މާރުކޭޓު ހުރި ބިން ދައުލަތަށް ބަދަލުކޮށް، އޮފީސް އަދި ވިޔަފާރީގެ ބޭނުންތަކަށް ކުއްޔަށްދޭ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްއެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.
ދަތުރުވެރިންގެ މާރުކޭޓު ހުރި ބިމުގައި މިކްސް-ޔޫސްޑް ކޮމާޝަލް ޑިވެލޮޕްމަންޓް މަޝްރޫއެއް ހިންގުމަށް ވަނީ ރޭވިފައެވެ. ސިޓީ ކައުންސިލްގެ އެކަމަޑޭޝަން ބިން ދައުލަތަށް ނަގައި، އެ ތަނުގައި ލޭބާ އެކަމަޑޭޝަން އަދި ސްޓޯރޭޖް ފެސިލިޓީއެއް ހެދުމަށް ވަނީ ނިންމާފައެވެ.
ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާ ހިންގި ބިމުގައި ޑޭ ކެއާ ސެންޓަރަކާއި ކުޑަކުދިންގެ ހަރަކާތްތައް ހިންގާ މަރުކަޒެއް ބިނާކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ކާނިވާ ކެފޭ ޕާކިން ސަރަހައްދު ރެކްރިއޭޝަނަލް އަދި ވިޔަފާރި ބޭނުންތަކަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި އާންމުންގެ މުނިފޫހިފިލުވުމަށް ހާއްސަ ޕަބްލިކް ރެކްރިއޭޝަނަލް ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މަސްވެރިންގެ މައިޒާން މިހާރުވެސް ބޭނުންކުރަމުންދާ ގޮތަށް އެމްޑަބްލިއުއެސްސީގެ ޕަމްޕް ސްޓޭޝަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ތައިސޭ ކޮށީގެ ހުސް ބިންތައް ތަރައްގީގެ މަޝްރޫއުތަކުގެ ވޯކް ސައިޓެއްގެ ގޮތުގައި ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. ޕޭ ޓޮއިލެޓް 2 ގެ ބިމުގައި ޕަބްލިކް ފާހަނާ އާއި އެއާ ގުޅޭ ހިދުމަތްތައް ތަރައްގީކުރުމަށް ވަނީ ރޭވިފައެވެ.
ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ހުރި ބިމުގައި އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. ބޮނޑިބަތް ޕާކު ހުރި ސަރަހައްދުގައި ޕާކިން އިމާރާތެއްގެ އިތުރުން ވިޔަފާރި ބޭނުންތަކަށް ހާއްސަ ތަނެއް ތަރައްގީކުރާނެއެވެ.
ރަސްފަންނު ސަރަހައްދު ހިންގުމާއި ބެލެހެއްޓުން މުތުލަގަށް ސަރުކާރުގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މި ސަރަހައްދުތައް ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށްފަހު، ރޭވިފައިވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާނެއެވެ.
-34a72873.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން
-7963d5ad.png)
3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން