-8402fff9.png)
މިންހާ އަބްދުالله

ހުޅުމާލޭގެ ކުނި އުކާލުމަށް ކުރާ މަސައްކަތުގައި ފަޅުތެރެއަށް ކުނި އެޅޭ ސަބަބު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުަހއްމަދު އިބްރާހީމް (ކުޑޫ)، ވެމްކޯއަށް ހުށަހަޅައިފި އެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލަށް ހުށަހެޅުއްވި ސިޓީގައި މެމްބަރު ކުޑޫ ވަނީ މައިގަނޑު 7 ސުވާލެއް ކުރައްވާފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ކުނި އެޅުމަށް ދިމާވާ މައިގަނޑު ސަބަބު ހޯދުމަށާއި، އެކަން ދިމާވަނީ ކޮން ދަތިތަކެއް ނުވަތަ ކޮން އިހުމާލަކާއި ހުރެތޯ ބެލުމަށާއި މިކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް އެއްވެސް މަސައްކަތޭ ކުރަމުންދޭތޯ ސުވާލު ކުރައްވާފައިވެ އެވެ.
އޭގެ އިތުރުން، ކުނީގެ ސަބަބުން ފަޅު ހަޑިވެ، ނުބައިވަސް ދުވުމަށް އޮތް ދާއިމީ ހައްލަކީ ކޮބައިތޯވެސް އައްސަވާފައިވެ އެވެ. އަދި މިކަމާ ގުޅިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިން ވެމްކޯއަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ އާއި ފަޅު ސާފުކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުންދޭތޯ ސުވާލުކުރައްވާފައިވެ އެވެ.
މެމްބަރު ވެމްކޯއަށް ހުށަހެޅުއްވި ސިޓީގައި މިކަމުގެ ސބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ސިއްހީ އަދި އިޖުތިމާއީ ނޭދެވޭ އަސަރުތަކުން ރައްކާތެރިކުރުމަކީ އެ ކުންފުނީގެ ޒިންމާއެއްކަމަށް ދެކިލައްވާ ކަމަށް މެމްބަރުގެ ސިޓީގައިވެ އެވެ.
ހުޅުމާލޭގައި ވެމްކޯގެ ސައިޓު ހުންނަނީ ފޭސް 2 އާއި ފޭސް 1 ގުޅޭ ސަރަހައްދުގަ އެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން

27 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން