-8402fff9.png)
ސައިފުﷲ އަލީ

ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓުގެ ޑިމާންޑް ބޮޑުވަމުންދާތީ، މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މުޅިން އަލަށް 70 އަށްވުރެ ގިނަ ޖަނަރޭޓަރު ސެޓު ރާއްޖެ ގެނެސް، އޭގެ ތެރެއިން ގިނަ ޖަނަރޭޓަރުތަކެއް މިހާރު ޚިދުމަތަށް ނެރެފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފު ޙުސައިން ވިދާޅުވީ، ރަށްރަށުގެ އިންޖީނުގެތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ފެށި މި މަޝްރޫޢުގެ ދަށުން ގެނެވުނު ޖަނަރޭޓަރުތަކުގެ ބޮޑު ބައެއް މިހާރު ވަނީ އެކި ރަށްރަށުގައި ކާމިޔާބުކަމާއެކު އިންސްޓޯލްކޮށް ޚިދުމަތް ދޭން ފަށާފައެވެ. މީގެ ތެރޭގައި ދާދި ފަހުން 21 އައު ޖަނަރޭޓަރު ސެޓާއެކު އައްޑޫ ސިޓީ ފަދަ ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް ކުރެވުނު މަސައްކަތްތައް ހިމެނެއެވެ.
އަދި ބާކީ ހުރި ޖެންސެޓުތައް ވެސް ވީ އެންމެ އަވަހަކަށް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ހުއްޓުމެއްނެތި ބާރު ދުވެލީގައި ކުރިއަށެވެ. މި ފިޔަވަޅަކީ ރަށްރަށުގެ ރައްޔިތުންނަށް ޒަމާނުއްސުރެ ދިމާވަމުންދާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ނިމުމެއް ގެނައުމަށް ސަރުކާރުން ހިންގާ މުހިންމު މަސައްކަތެކެވެ.
ޚާއްޞަކޮށް، ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ، މި އައު ޖަނަރޭޓަރުތަކުގެ ސަބަބުން ރަށްރަށުގެ ލޯޑު ހިފެހެއްޓުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، އައު މެނޭޖްމަންޓާއެކު ކުންފުނީގެ މިސްރާބު މިހާރު ހުރީ ރަށްރަށުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފޯރުކޮށްދިނުމަށެވެ.
މި ގެނެވުނު 70 އަށްވުރެ ގިނަ ޖަނަރޭޓަރުގެ ސަބަބުން ކުންފުނީގެ ޚިދުމަތް އިތުރު ހަރުފަތަކަށް ގޮސް، ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ މަންފާ ކުރާނެ ކަމުގެ ޔަޤީންކަން އެ ކުންފުނިން ދެއެވެ.
2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން
-526cfedb.jpg)
4 މަސް ކުރިން

4 މަސް ކުރިން
-eae3b4d6.jpg)
5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން