-8402fff9.png)
ސައިފުﷲ އަލީ
-526cfedb.jpg)
ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ދަރަނިވެރިވެފައިވާ އެއް ކުންފުނި ކަމަށްވާ ފެނަކަ ކޯޕަރޭޝަންގެ ހިންގުމުގެ ނިޒާމު އިސްލާހުކޮށް، އެ ކުންފުނީގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަނާއި ހިޔާނާތުގެ އަމަލުތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އަންގައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ 2021 އިން 2023 އަށް ފެނަކައިގެ އައްޑޫ ސިޓީ ބްރާންޗުން ހިންގި ޕްރޮޖެކްޓުތަކާ ގުޅޭ ހާއްސަ އޮޑިޓު ރިޕޯޓު ދިރާސާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓު މަޖިލީހުގެ ޖަލްސާގައި ފާސްކުރުމަށްފަހުއެވެ. މި ރިޕޯޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުން ފާސްކުރި މި ރިޕޯޓުގައި ފެނަކައިގެ ހިންގުމަށް ގެންނަންޖެހޭ މުހިންމު ބަދަލުތަކެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ކުންފުންޏަށް ބޭނުންވާނެ މުވައްޒަފުންގެ އަދަދު ކަނޑައަޅައި، އާ އޮނިގަނޑެއް އެކުލަވާލައި 30 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ. އަދި ކުންފުންޏަށް މުދަލާއި ހިދުމަތް ހޯދުމުގައި، ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންގެ އާއިލީ މަސްލަހަތު ހިމެނޭ ވިޔަފާރިތަކުން ހިދުމަތް ނުހޯދޭނެ ގޮތަށް ޕްރޮކިއުމަންޓު ޕޮލިސީ އިސްލާހުކުރުމަށް 45 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މީގެ އިތުރުން، ފެނަކައިގެ އިންޓާނަލް ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) ތަކާއި ޕެޓީ ކޭޝް ގަވާއިދު ވެސް ހަރުދަނާކޮށް އިސްލާހުކުރުމަށް ފަހު ވަކި މުއްދަތުތަކެއްގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް އަންގާފައިވެއެވެ. އަދި މާލީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ފެނަކައިގެ ކޮންމެ ބްރާންޗަކަށް ވަކި އެކައުންޓެއް ހުޅުވުމަށް ވެސް މަޖިލީހުން ވަނީ އިރުޝާދު ދީފައެވެ.
މި ފިޔަވަޅުތައް އަޅަން މަޖިލީހުން މި އަންގަނީ، ފެނަކައިން އައްޑޫ ސިޓީގައި ހިންގި ހަތަރު ޕްރޮޖެކްޓެއްގައި ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ގޮތަށް އަމަލުކޮށްފައިވާކަން އޮޑިޓުން ކަށަވަރުވުމާ ގުޅިގެންނެވެ. އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، މި ޕްރޮޖެކްޓުތަކަކީ މިހާތަނަށް ނިމިފައިވާ ޕްރޮޖެކްޓުތަކެއް ނޫން ނަމަވެސް، 2024 ވަނަ އަހަރުގެ ނިޔަލަށް އެ ޕްރޮޖެކްޓުތަކަށް 117 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި މި ޕްރޮޖެކްޓުތައް ނިންމުމަށް އިތުރު 68 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓު ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުތައް ހިންގުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވެއެވެ. އޭގެ ތެރޭގައި ވައްކަމަށް ތުހުމަތުކުރެވޭ އެތައް ކަމަކާއި، އަގު ބޮޑުކޮށް މުދާ ގަތުމާއި، ބޭނުން ނުކުރާ ތަކެތި އަގު ބޮޑުކޮށް ކުއްޔަށް ނެގުން ފަދަ ކަންކަން ހިމެނެއެވެ. އަދި ޕްރޮޖެކްޓުތަކަށް ބޭނުންވާނެ މިންވަރު ބެލުމެއް ނެތި، ފެނަކައިގެ ހިއުމަން ރިސޯސް ގަވާއިދުތަކާ ހިލާފަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާކަން ވެސް އޮޑިޓު ރިޕޯޓުން ހާމަވެފައިވެއެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން