-8402fff9.png)
ސައިފުﷲ އަލީ

މާލޭ އުސްފަސްގަނޑާ ދިމާލު ތޮށިމަތީ ޖަހާފައި ހުރި ބަޖިޔާގާތަކާއި ހިލަތަކުގެ ދެމެދަށް ވެއްޓުނު ފިރިހެނަކު، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން މިއަދު ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގެ މަޢުލޫމާތު އެ ޚިދުމަތަށް ލިބިފައިވަނީ މިއަދު ހަވީރު ފަސްގަޑި ސައުވީސް ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން ވަނީ އެ ސަރަޙައްދަށް ގޮސް، ބަޖިޔާގާތަކާއި ހިލަތަކުގެ ދެމެދުގައިވާ ހުސްޖާގައަށް ބޯކޮޅުވަތަށް ވެއްޓިފައި އޮތް މީހާ ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައެވެ.
އެ މީހާ ސަލާމަތްކުރުމަށްޓަކައި ފަޔާފައިޓަރުން ވަނީ ޚާއްޞަ ރެސްކިއު ޓޫލްސް ބޭނުންކޮށްގެން ހިލަތައް ދުރަށް ޖެއްސުމަށްފަހު އޭނާ ބޭރަށް ނަގާފައެވެ.
އެމްއެންޑީއެފުން ބުނީ ސަލާމަތްކުރި މީހާއަށް ފަރުވާދިނުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް މިހާރު ގެންގޮސްފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

27 ދުވަސް ކުރިން
-ccce5dd5.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-f102ecee.png)
2 މަސް ކުރިން

2 މަސް ކުރިން
-7939b328.png)
2 މަސް ކުރިން
-c4e48c13.webp)
3 މަސް ކުރިން