-8402fff9.png)
ފާތިމަތު މިޝްކާ
-7939b328.png)
މާލެ އަދި އައްޑޫ ސިޓީގައި ފެން ހިންދުމުގެ މަސައްކަތް ކުރަނީ/ / ފޮޓޯ: އެމްއެންޑީއެފް
ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބަބުން މާލެ އަދި އައްޑޫ ސިޓީގައި ފެން ހިންދުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ގޭގެއަށް ފެންވަންނަމުންދާތީ، ވެލި ބަސްތާ ޖެހުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ މެރީންސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، އަދި ހުޅުމީދޫއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވެފައިވާތީ، ފެން ހިންދުމުގައާއި ވެލި ބަސްތާ ޖެހުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކުރަމުންދާ ކަމަށް އި އިދާރާއިން ހާމަކޮށްފައިވެ އެވެ.
އިތުރު ރަށެއްގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިހާތަނަށް އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެ އެވެ.
ކ އަތޮޅުން ފެށިގެން އަދ އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވާއިރު ކުރިއަށް އޮތް 3 ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

5 ދުވަސް ކުރިން

9 ދުވަސް ކުރިން

10 ދުވަސް ކުރިން
-fcac83a1.jpg)
14 ދުވަސް ކުރިން
-ac1fd277.jpg)
25 ދުވަސް ކުރިން

27 ދުވަސް ކުރިން

29 ދުވަސް ކުރިން

30 ދުވަސް ކުރިން