-8402fff9.png)
އައިޝަތު ހިދާޔާ

ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި ބިދޭސީއަކު، އެމްއެންޑީއެފްއިން ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފްއިން ބުނީ, މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ، ރޭ ދަންވަރު 00:44ގައި ކަމަށެވެ. އެއާއެކު, އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތްކޮށްފައި ވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ, އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެމީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައި ކަމަށެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް ހާބާ ކްރާފްޓަށް އެ މީހާ ނެގުމަށްފަހު މޯލްޑިވްސް ޕޮލިސް ސާވިސްއާ ވަނީ ހަވާލުކޮށްފައި ވާކަމަށް ވެސް ބުންޏެވެ.
މީގެކުރިން ވެސް މަދުން ނަމަވެސް, މިފަދަ ހާދިސާތައް ހިނގާފައިވާކަން ފާހަގަކުރެވެއެވެ.

27 ދުވަސް ކުރިން
-ccce5dd5.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން
-f102ecee.png)
2 މަސް ކުރިން

2 މަސް ކުރިން
-7939b328.png)
2 މަސް ކުރިން
-c4e48c13.webp)
3 މަސް ކުރިން